ރާއްޖޭގެ ޚަބަރު

ޙައްޖަށް ނުދެވުނު މީހުނަށް ޙައްޖުގެ ފުރުސަތު ދިނުމަށް ގޮވާލާ ގަރާރެއް ހުށަހަޅައިފި

އިސްމާޢީލް ޢަބްދުއްލަޠީފް | ފޮޓޯ: ޕޮލިސް

އިސްމާޢީލް ޢަބްދުއްލަޠީފް : ފިލާފައިވާ މަލީޝާ ގްރޫޕުގެ ވެރިޔާ | ފޮޓޯ: ޕޮލިސް

ޙައްޖަށް ގެންގޮސްދޭނެކަމަށް ބުނެ މަލީޝާ ހައްޖު އެންޑް އުމްރާ ސަރވިސަސްގެ ފަރާތުން ފައިސާ ނެގުމަށްފަހު އޮޅުވާލުމުގެ ސަބަބުން ހައްޖަށް ދިއުމުގެ ފުރުސަތު ގެއްލުނު މީހުންނަށް އެފުރުސަތު ދިނުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މަނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތޯރިޤު، ޤަރާރެއް ހުށައަޅައިފި އެވެ.

ޙައްޖަށް މީހުން ގެންދިއުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ފައިސާ ނަގައިގެން ފިލާފައިވާ މަލީޝާ ގްރޫޕުގެ ވެރިޔާ އިސްމާއިލް އަބްދުލް ލަތީފުގެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ. މައްސަލަ ހިނގައިދިޔަ ގޮތް ބަލަން މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޠޯރިޤު ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހެޅި މައްސަލަ ބެލުމަށް ބޭއްވި ކޮމިޓީއަށް މަޢުލޫމާތު ދެއްވަމުން ފުލުހުން ބުނީ،  އޭނާގެ އެކައުންޓްތައް ފްރީޒްކޮށް ބެލިއިރު އޭނާގެ ނަމުގައި ހުރި އެއްވެސް އެކައުންޓެއްގައި ޙައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ އެއްވެސް މީހަކަށް ފައިސާ ދެވޭ ވަރަށް ފައިސާ ނެތް ކަމަށެވެ.

ކޮމިޓީގައި ފުލުހުން ބުނެފައި ވަނީ ކޯޓް އަމުރެއްގެ ދަށުން އިސްމާއިލްގެ ބޭންކް އެކައުންޓްތައް ފުލުހުން ފްރީޒްކޮށްފައިވާ ކަމަށާއި އަދި އޭނާގެ ނަމުގައި ހުރި އުފުލޭ މުދަލާއި ނުއުފުލޭ މުދަލުގެ ތަފްޞީލް ހޯދުމަށް ދައުލަތުގެ ކަމާއި ގުޅުންހުރި މުއައްސަސާ ތަކަށް ފުލުހުން ސިޓީ ފޮނުވާފައިވާ ކަމަށެވެ.

މިއަހަރުގެ ޙައްޖަށް މީހުން ގެންދިއުމަށް އެޖަމާއަތުން ވަނީ އެތައް ބަޔެއްގެ އަތުން ފައިސާ ނަގާފައެވެ. އެގޮތުން 153 މީހަކު އެމައްސަލަ ފުލުހުންނަށް ރިޕޯޓް ކުރި ނަމަވެސް ފައިސާ ދައްކާފައިވާ ގޮތުގެ ސްޓޭޓްމަންޓް ފުލުހުންނަށް ފޯރުކޮށްދީފައިވަނީ 152 މީހެކެވެ. މިހާތަނަށް 44 މީހެއްގެ ބަޔާން މި މައްސަލައިގައި ފުލުހުން ވަނީ ނަގާފަ އެވެ.

މަލީޝާގެ ވެރިޔާ ހައްޔަރުކުރުމަށް ފުލުހުން ކޯޓް އަމުރެއް ނެރެފައިވާއިރު އޭނާ ހޯދަން އިންޓަޕޯލުންވަނީ ރެޑް ނޯޓިސްވެސް ނެރެފަ އެވެ.

1433 ވަނަ އަހަރު ޙައްޖަށް ދިއުމަށްޓަކައި މަލީޝާ ހައްޖު އެންޑް އުމްރާ ސަރވިސަސްއަށް ފައިސާ ދައްކާފައިވާ އެންމެހާ ފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެމަޢުލޫމާތު ދެއްވުމަށް އިލްތިމާސް ކުރާ ކަމަށާއި މަލީޝާ ހައްޖު ގްރުޕްގެ ވެރިޔާ އިސްމާޢީލް ޢަބްދުއްލަޠީފް ގެ މައުލޫމާތެއްވެސް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ 3322111 ނުވަތަ 9790048 މި ނަންބަރުތަކަށް ގުޅުއްވުމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *