ށ. މިލަންދޫ ސްކޫލުގައި މިއަދު ބިދޭސީ ޓީޗަރަކު ސްކޫލުގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
މިލަންދޫ ސްކޫލްގެ ޓީޗަރަކު ދިއިސްލާމް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މަރުވީ އެ ސްކޫލްގެ ފިރިހެން ލީޑިން ޓީޗަރ މރ.ނަދަން ކަމަށާއި އެއީ އިންޑިޔާގެ ރައްޔިތެއް ކަމަށެވެ. އަދި އޭނާ ކިޔަވައިދެއްވީ މެތަމެޓިކްސް ކަމަށާއި ސްކޫލްގައި ކިޔަވައިދެއްވާތާ މިހާރު 12 ވަރަކަށް އަހަރު ވެއްޖެ ކަމަށްވެސް މަޢުލޫމާތު ދެއްވިއެވެ.
މިލަންދޫ ސްކޫލް ޓީޗަރު އިތުރަށް މަޢުލޫމާތު ދެއްވި ގޮތުގައި ޓީޗަރުން ސައިން އިން ވުމަށް ސްކޫލަށް އައިއިރު އޭނާ އޮތީ ސުޕަވައިޒަރު ރޫމުތެރޭ އޭނާގެ މޭޒުކައިރީ ބިންމައްޗަށް ވެއްޓިފައެވެ. އަދި މަރުވުމަށް ދިމާވި ސަބަބު އަދި ނޭނގޭ ކަމަށާއި ފުލުހުން ވިދާޅުވީ އޭނާގެ ހަށިގަނޑަށް ’ފިޒިކަލް‘ އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށެވެ.
އަބްދުލް ހަލީލް މިއަދު ވިދާޅުވީ ސާމީގެ ހަށިގަޑުގެ މިހާރު މާލެ ފޮނުވާފައިވާ ކަމަށާއި ހިސާބު ކިޔަވައިދޭ އަދި ސްކޫލްގެ އޯލެވެލް ނަތީޖާ ރަނގަޅު ކުރުމުގައި ބޮޑު ހިއްސާއެއްވެފައިވާ ޓީޗަރު މަރުވެފައި އޮއްވާ ފެނުނު އިރު ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް ޒަހަމެއް ފެންނަންނެތް ކަމަށެވެ.
މިކަމާގުޅިގެން މިއަދު އެ ސްކޫލްގައި ކިޔެވުމެއް ނޯވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...