ރާއްޖޭގެ ޚަބަރު

ދިއިސްލާމް މަޖައްލާގެ 18 ވަނަ ޢަދަދު ވިކެމުންދަނީ

ދިއިސްލާމް މަޖައްލާގެ 18 ވަނަ ޢަދަދު [2012 ނޮވެންބަރު މަހުގެ ޢަދަދު] ބާޒާރަށް ނެރެފިއެވެ.
މިޢަދަދުގެ ކަވަރ ސްޓޯރީއަކީ ޢަބުދުއްރަހީމް އިބްނު ޢަބްދުއްރަހުމާނު ޅޮހީ ލިޔުއްވާފައިވާ “އަހަރުމެންގެ ނަބިއްޔާ، އަހަރުމެންގެ ނަމޫނާ” މިއެވެ.
ފާހަގަކޮށްލެވޭ އެހެން ބައެއް ލިޔުންތަކުގެ ތެރޭގައި :
- އައްޝައިޚް ޢަބްދުލްހާދީ ޙުސައިން ލިޔުއްވާފައިވާ "ހައްޖުގެ އަޅުކަމަށް ފަހު"
- ޑރ އަބްދުލް ޢަޒީޒް ޙަމީދު (އެމްބީބީއެސް) ލިޔުއްވާފައިވާ "ދުންފަތުގެ ޞިނާއަތުން ދުންފަތް ކޮންޓްރޯ ކުރުމަށް އަޅާ ހުރަސްތައް"
- ޝަފީޢު އަބްދުﷲ ލިޔުއްވާފައިވާ “އިސްލާމީ ޢަޤީދާ އާއި ބާތިލް ޢަޤީދާތައް”
- ހަސަން ޒާހިރު ލިޔުއްވާފައިވާ ‘11 ކައިވެނިފުޅުގެ މަޤްޞަދު”
- ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފް ލިޔުއްވާފައިވާ “ދަތުރުވެރިޔާ ގަޞްރު ޖަމްޢު ކުރުން”
- މުހައްމަދު ޝާފިއު ލިޔުއްވާފައިވާ “މަރަށް މަރު ހިފުން"
- އަޙްމަދު ނިޔާޒް ލިޔުއްވާފައިވާ "ކާސްޓު ސިސްޓަމް"
އައިޓީ ޕޭޖްގައި “ އެޕަލް އައިޕެޑް މިނީ " އަދި "ގެލެކްސީ އެސް 3 މިނީ"
- މުޙައްމަދު ވިޝާޙް ލިޔުއްވާފައިވާ “ފޭސްބުކް” ހިމެނެ އެވެ.
ތުއްތުކުދިންނާއި ބެލެނިވެރިންގެ މަޤުބޫލުކަން ލިބިފައިވާ “ތުއްތުކުދިންގެ ބަގީޗާ” ޞަފްޙާގެ އިތުރުން، “ސުވާލާއި ޖަވާބު” ، “ފޮތް ހަރުގަނޑު” ، “ސުފުރާ” ، “އެނގޭތަ؟” ފަދަ ބައިތައް މިޢަދަދުގައިވެސް ހިމެނެއެވެ.
ދިއިސްލާމް މަޖައްލާއަކީ އޭޕްރީލް 7، 2011 ގައި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަންގައި ރެޖިސްޓްރީ ކުރެވިގެން މަހަކު އެއްފަހަރު ނެރެމުންދާ މަޖައްލާއެކެވެ. މި މަޖައްލާއަކީ ތަފާތު ދާއިރާތަކުގެ ގިނަގުނަ މަޢުލޫމާތުތަކުން މުއްސަނދިކުރެވިފައިވާ ޢާއިލީ މަޖައްލާއެކެވެ. މަޖައްލާގެ ފުރަތަމަ ޢަދަދު ނެރެފައި ވަނީ ޖޫން 1، 2011 ގަ އެވެ.
މިމަޖައްލާގެ އަގަކީ 15 ރުފިޔާއެވެ. މިމަޖައްލާ މާލޭގެ ބުކްޝޮޕްތަކާއި ބައެއް ރަށްރަށުގެ ފިހާރަތަކުން ލިބެން ހުންނާނެއެވެ.
މަޖައްލާ މާލެއިން ލިބެން ހުންނާނެ ތަންތަނުގެ ތެރޭގައި :
* ލޭޒާރ ޕްރިންޓް،
* އަސްރަފީ ބުކްޝޮޕް،
* ނޮވެލްޓީ ބުކްޝޮޕް،
* ޗާންދަލިޔާ ބުކްޝޮޕް،
* މިލިޔަން ބުކްޝޮޕް،
* ރާދަ ބުކްޝޮޕް،
* ނޮލެޖް ބުކްސެންޓަރ،
* ރައުންޑްވަން ބުކްޝޮޕް،
* ޕްލާޒާ ޓެކްސްޓައިލް،
* ހަތްދިހަ ނަންބަރު ފިހާރަ،
* ރިސާލާ ބުކްޝޮލް،
* ފޮންޓާނާ ބުކްޝޮޕް،
* އަބާޔާ ފިހާރަ،
* ފްރީޒް ބްރޭންޑް
އަދި
* ޖިލްބާބް ސޭލް
ހިމެނެ އެވެ.
“ޝޮޕް4މުސްލިމްސް.ކޮމް”ގެ ފަރާތުން ދަނީ ދިއިސްލާމް މަޖައްލާ މާލޭގެ ކޮންމެ ތަނަކަށްވެސް ގެންގޮސްދިނުމުގެ ޚިދުމަތް ދެމުންނެވެ.
އެގޮތުން މަޖައްލާ ބޭނުންވާ ފަރާތްތަކުން ނަންބަރު 7848414 ށް ގުޅުއްވާފައި އެދިލެއްވުމުން އެބޭނުންވާ ތަނަކަށް ގެންގޮސްދެވޭނެ ކަމަށް “ޝޮޕް4މުސްލިމްސް.ކޮމް”އިން ބުނެ އެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *