ރާއްޖޭގެ ޚަބަރު ކީޖަމްއިއްޔާ އާއި ސްޕިރިޗުއަލް ހީލަރސް އޮފް މޯލްޑިވްސް ގުޅިގެން ކަނޑިތީމުގައި ރުޤްޔާކޯހެއް ފަށަނީ

ކީޖަމްއިއްޔާ އާއި ސްޕިރިޗުއަލް ހީލަރސް އޮފް މޯލްޑިވްސް ގުޅިގެން ކަނޑިތީމުގައި ރުޤްޔާކޯހެއް ފަށަނީ

ކީޖަމްއިއްޔާ އާއި ސްޕިރިޗުއަލް ހީލަރސް އޮފް މޯލްޑިވްސް ގުޅިގެން ކަނޑިތީމުގައި ރުޤްޔާކޯހެއް ފަށަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރުޤްޔާ ކޯސް ގެ ޕޯސްޓަރ

ކަނޑިތީމު ޔޫތް އިނީޝިއޭޓިވް (ކީޖަމްއިއްޔާ) އާއި ސްޕިރިޗުއަލް ހީލަރސްއޮފް މޯލްޑިވްސް ގުޅިގެން ށ.ކަނޑިތީމުގައި ރުޤްޔާ ބޭސިކް ކޯހެއް ހިންގުމަށް ނިންމައިފިއެވެ.

ދެ ޖިންސުގެ މީހުންނަށް ބައިވެރި ވެވޭގޮތަށް މުޅިއެކު 30 ޖާގަހިމަނައިގެން ބާއްވާ 7 ދުވަހުގެ މި ކޯހުގައި ކިޔަވައިދެއްވާނީ ރުޤްޔާ ކުރުމުގައާއި މިފަދަ ކޯސްތަކުގައި ކިޔަވައިދެއްވަމުންދާ ތަޖުރިބާ ކާރު ބޭފުޅެއް ކަމުގައިވާ އައްރާޤީ އަޖްނާދު ޢަލީ ކަމަށް މަޢުލޫމާތު ލިބެއެވެ.

ކީ ޖަމްޢިއްޔާއިން ހާމަކުރާ ގޮތުގައި މިފަދަ ކޯހެއް ހިންގުމުގެ މައިގަނޑު މަޤްޞަދަކީ ސިޙުރާއި ޖިންނީންގެ ފަރާތުން މީހުންނަށް ކުރިމަތިވާ ތަފާތު ބަލިތަކަކީ ކޮބައިކަން ބުނެދީ އެކަމުން ރައްކާތެރިވެ ތިބޭނެ ގޮތާއި ސިޙުރު ނުވަނަ ޖިންނީންގެ ފަރާތުން އުދަގުލެއް ފޯރައިފި ނަމަ އިސްލާމް ދީނުގައި ހުއްދަކުރައްވާފައިވާ ގޮތަށް  ޤުރުއާނާއި މާތް ރަސޫލާ صلى الله عليه وسلم ގެ ސުންނަތުގެ އަލީގައި  އެކަމުން ސަލާމަތްވާނެ ގޮތް ބުނެދިނުމެވެ. އަދި އެސްފީނާއާއި ނަފްސާނީ ބަލިތަކަށް ފަރުވާ ކުރާނެ ގޮތްވެސް މިކޯހުގައި ކިޔަވައިދެއްވާނެ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މިކޯހުގައި ކިޔަވައިދެއްވާނީ ރުޤްޔާ ކުރުމުގެ ތިއަރީބަޔާއި ޕްރެކްޓިކަލް ބައިގެ އިތުރުން ވީޑިއޯ ޕްޒެންޓޭޝަން ހިމެނޭގޮތަށް ޢަމަލީ ގޮތުން ބަލިމީހަކަށް ފަރުވާކުރާނެގޮތް ކަމަށް މަޢުލޫމާތު ލިބެއެވެ. މި ކޯސް ނިމޭއިރު ކޯހުގެ ބައިވެރިންނަށް މިކަންކަމުން ސަލާމަތްވެ ތިބޭނެ ގޮތާއި ސިހުރު ނުވަތަ ޖިންނީންގެ އުދަގުލެއް ފޯރައިފި ނަމަ ފެންނާނެ އަލާމަތްތަކާއި ބަލިމީހުންނަށް ފަރުވާކުރަން އެނގޭ މިންވަރަށް ކިޔަވާދެއްވާނެކަމަށް އެ ޖަމްޢިއްޔާއިން ހާމަކުރެއެވެ. މިކޯހުގައި ބޭނުންކުރާނެ ކޯސް މެޓީރިއަލްސް ފޯރުކޮށްދެއްވާނީ ކީ ޖަމްޢިއްޔާއިން ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ކީ ޖަމްޢިއްޔާއިން ހާމަކުރާ ގޮތުގައި މިކޯހުގެ ފީ އަކީ 250 ރުފިޔާއެވެ. އަދި ނަންނޯޓު ކުރުމުގެ އެންމެ ފަހު ތާރީޚަކީ ނޮވެންބަރު 16 އެވެ. ކޯހުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ކީ ޖަމްޢިއްޔާގެ ޕްރޮގްރާމް ސެކެޓްރީ އިސްމާޢިލް އަފްރާހު 7543654 އާ ގުޅުއްވައިގެން ނަން ނޯޓް ކުރެވޭނެ އިންތިޒާމް ވަނީ ހަމަ ޖެހިފައެވެ.

ކޯސް ފެށުމުގެ ކުރިން އާންްމުކޮށް ހުޅުވާލައިގެން ސިޙުރާއި ޖިންނީންގެ ބަލިތަކާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ކީ ޖަމުއިއްޔާއިން ބާއްވާގޮތަށް ހަމަޖެހިފައި ވާކަމަށް މަޢުލޫމާތު ލިބެއެވެ. މިބައްދަލުވުމުގައި މަޢުލޫމާތު ދިނުމުގެ އިތުރުން ސުވާލާއި ޖަވާބު ޝެޝަންއެއް އޮންނާނެކަމަށް އެ ޖަމްޢިއްޔާއިން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.