ރާއްޖޭގެ ޚަބަރު މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ށ. އަތޮޅުން 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ށ. އަތޮޅުން 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ށ. އަތޮޅުން 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާރވިސް

މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ށ. އަތޮޅުން 4 މީހަކު ށ.ފުނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

 

ފުލުހުން ސައިޓްގައި ހާމަކޮށްފައިވާ ގޮތުގައި ށ. ނަރުދޫއިން ފުރައިގެން ށ. މިލަންދޫއަށް ދިޔަ ބޯޓަކުން ށ. މިލަންދޫއަށް ބޭލި ފޮށިގަނޑެއްގައި މަސްތުވާތަކެތި ހުރިކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް 4 މީހަކު ގެންގޮސްފައި ވަނީ މި ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުގައެވެ.

 

މިމައްސަލާގައި ށ. މިލަންދޫއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 22 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެއްގެ އިތުރުން 18 އަހަރުގެ ފިރިހެނެކެވެ. އަދި ހަމަ މިއާއެކު ށ.ފުނަދޫއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 41 އަހަރުގެ ފިރިހެނެކެވެ.

 

މި ކަމާގުޅިގެން ފުލުހުން އިތުރަށް ހާމަކުރައްވާ ގޮތުގައި ށ. މިލަންދޫއިން 3 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އެ ބޯޓު މިލަންދޫއަށް ދިއުމުން އެ ފޮށިގަނޑު ބާލައިގެން އެ 3 މީހުން ރަށުތެރެއަށް ދަނިކޮށް އެ ފޮށިގަނޑާއެކުގައެވެ. އަދި އެ 3 މީހުންގެ ޙާޟިރުގައި އެފޮށިގަނޑު ބަލައިފާސްކުރިއިރު އެ ފޮށިގަނޑު ތެރޭގައި އޮތް ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ބްލެޓް ސައިޒުގެ 3 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ބަންދު ކުރުމަށް ބޭނުންކުރާ ޒާތުގެ 3 ބޮނޑި ރަބަރު ކޮތަޅު ފެނިފައިވާކަމަށެވެ.

 

މީގެ އިތުރުން މި މައްސަލައިގައި ށ.ފުނަދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 41 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ށ.ފުނަދޫ ހޮޓަލެއްގެ ތެރޭގައި އިންދައި ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ ދިރިއުޅޭތަން ބަލައި ފާސްކުރިއިރު އެ ކޮޓަރިތެރެއިން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ބްލެޓް ސައިޒުގެ ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ބަންދު ކުރުމަށް ބޭނުންކުރާ ބައެއް އާލާތްތައް ފެނިފައިވާ ކަމަށްވެސް ޕުލުހުން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.