ރާއްޖޭގެ ޚަބަރު ފުވައްމުލަކު ސްކޫލުތަކުގެ ކިޔެވުން ބަންދުކޮށް އަދި އަންހެނުން ކޮމެޓީ އިންތިހާބު ފަސްކޮށްފި

ފުވައްމުލަކު ސްކޫލުތަކުގެ ކިޔެވުން ބަންދުކޮށް އަދި އަންހެނުން ކޮމެޓީ އިންތިހާބު ފަސްކޮށްފި

ފުވައްމުލަކު ސްކޫލުތަކުގެ ކިޔެވުން ބަންދުކޮށް އަދި އަންހެނުން ކޮމެޓީ އިންތިހާބު ފަސްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ޏ. ފުވައްމުލައް

ފުވައްމުލަކައް އިއްޔެ ކުރި ވިއްސާރާގައި ރަށުތެރޭގައި ފެންބޮޑުވެ މުދަލަށާއި ތަކެއްޗައް އެކިވަތުގެ ގެއްލުން ވެފައިވާތީ މިއަދު އެރަށު ސްކޫލުތަކުގެ ކިޔެވުން ބަންދުކޮށް އަދި އަންހެނުން ކޮމެޓީ ވޯޓްލުން ފަސްކޮށްފިއެވެ.

ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު އަތޮޅު ކައުންސިލް އިދާރާއިން ހާމަކުރި ގޮތުގައި 8 ޕުރީސްކޫލާއި 3 ޕުރައިމަރީ ސްކޫލް އަދި  ސެކެންޑަރީ ސްކޫލެއްގެ ކިޔެވުން މިއަދު ބަންދު ކޮށްފައިވާއިރު އެ ސްކޫލު ތަކުން ބާއްވަން ހަމަޖެހިފައިވާ އިމްތިހާނުތައްވެސް ވަނީ ނުބާވާގޮތައް ހަމަޖައްސާފައެވެ.

އަދި މީގެއިތުރުން މިއަދު ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުން ކޮމެޓީގެ އިންތިހާބުވެސް ވަނީ ފަސްކޮށްފައެވެ.

އިއްޔެ ފުވައްމުލަކަށް ބޯކޮށް ވާރެވެހިފައި ވާއިރު އެރަށުގެ ތިންބައިކުޅަ ދެބައި ގައި ވަނީ ފެންބޮޑު ވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.