ރާއްޖޭގެ ޚަބަރު ދިމާވެދާނެ ބަލިމަޑު ކަމަކަށް ފުވައްމުލަކު ހޮސްޕިޓަލް ތައްޔާރީ ހާލަތެއްގައި

ދިމާވެދާނެ ބަލިމަޑު ކަމަކަށް ފުވައްމުލަކު ހޮސްޕިޓަލް ތައްޔާރީ ހާލަތެއްގައި

ދިމާވެދާނެ ބަލިމަޑު ކަމަކަށް ފުވައްމުލަކު ހޮސްޕިޓަލް ތައްޔާރީ ހާލަތެއްގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ޏ.ފުވައްމުލައް

ފުވައްމުލަކަށް އިއްޔެ ކުރި ވިއްސާރާގައި ރަށު ތެރޭގައި ފެންބޮޑު ވެފައިވާތީ ދިމާވެދާނެ ބަލިމަޑުކަމަކަށް ތައްޔާރުވަމުން ދާކަނަށް އެރަށު ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު މުޙައްމަދު އިސްމާޢީލް ވިދާޅުވީ މިހާރު ކުރިއަށް ދަނީ ފެންބޮޑުވުމުގެ ސަބަބުން ޖަންގުޝަންތައް ހަލާކުވެ ނަޖިސްބޭރުވި ސަރަހައްދުތައް ފާހަގަކޮށް އެތަންތަނަށް ދިމާވެފައިވާ މައްސަލަތައް ރައްކާތެރިކަމާއެކު ހައްލުކުރުމުގެ މަސައްކަތް  ކަމަށެވެ. މިގޮތުން ނަޖިހުގެ އަސަރު ކޮށްފައިވާ ވަޅުތައް ކުލޮރިން ކުރަމުން ދާކަމަށްވެސް މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.
މީގެ އިތުރުން މުޙައްމަދު އިސްމާޢީލް ވިދާޅުވީ އިއްޔެ ހޮސްޕިޓާރ ތެރެ ފެންބޮޑު ވުމުގެ ސަބަބުން ބައެއް ފަރުނީޗަރު ތަކަށް ގެއްލުން ވެފައި ވީނަމަވެސް މިހާރު އެތަން އާއްމު ހާލަތަކަށް އައިސްފައިވާ ކަމަށެވެ.

އިއްޔެ ފުވައްމުލަކަށް ބޯކޮށް ވާރެވެހިފައި ވާއިރު އެރަށުގެ ތިންބައިކުޅަ ދެބައި ގައި ފެންބޮޑު ވިކަމަށް އެރަށު ކައުންސިލް އިދާރާއިންވަނީ ހަމަކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.