އޮރިޔާން ފޮޓޯތަކެއް ގެންގުޅުނު މީހަކު 6 މަސްދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ.
ކޯޓުން އޮރިޔާން ފޮޓޯތަކެއް ގެންގުޅުމުގެ ކުށުގައި ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ މިދިޔަ މަހު ކުރީ ކޮޅު ކ. ގުޅީގެ ގެޔެއް ބަލާ ފާސްކުރިކުރުމުގައި ކޮޓަރިތެރެއިން އޮރިޔާން މަންޒަރު ދައްކުވައިދޭ ގިނައަދަދެއްގެ ފޮޓޯހުރި 8 މަޖައްލާއާއި، އޮރިޔާން މަންޒަރު ދައްކުވައިދޭ ގިނަޢަދަދެއްގެ ފޮޓޯތައްލާފައިވާ އެއްފައިލާއި، އޮރިޔާން މަންޒަރު ދައްކުވައިދޭ އެއްސީޑީ ފެނިފައިވާތީއެވެ. ދައުވާ ކުރެވޭ ފަރާތުން މިކަމަށް އިންކާރު ވަނީ އިންކާރުކޮށްފައިވީނަމަވެސް އެތަކެތި ފުލުހުން ނަގާފައިވަނީ އޭނާގެ މަންމަގެ ހާޒިރުގައި ކަމުންނާއި އިތުރު ހެކިތައް ހުރުމުން އޭނާގެ މައްޗަށް ކުށް ސާބިތުވީކަމަށް ފުލުހުން ހާމަކުރެއެވެ.
އޮރިޔާން ފޮޓޯފަދަ ތަކެތި ގެންގުޅުން މަނާ ވަނީ ރާއްޖޭގެ ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ނ) އާއި ޙަވާލާދީ، އެޤާނޫނުގެ 13 ވަނަ މާއްދާގެ (ރ) ގެ ދަށުންނެވެ. މިޤާނޫނުގެ ކުރިން އިސްލާމް ދީނުގައި މިފަދަ ކަންކަމަކީ 'މަނާ' އަމަލުތަކެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...