ރާއްޖޭގެ ޚަބަރު މާލެތެރޭގައި ކުށްމަދުކުރުމަށް ހޭލުންތެރި ކުރުވުމުގެ ހަރަކާތްތަކެއް ފަށައިފި

މާލެތެރޭގައި ކުށްމަދުކުރުމަށް ހޭލުންތެރި ކުރުވުމުގެ ހަރަކާތްތަކެއް ފަށައިފި

މާލެތެރޭގައި ކުށްމަދުކުރުމަށް ހޭލުންތެރި ކުރުވުމުގެ ހަރަކާތްތަކެއް ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޓްރެފިކް ޕޮލިސް މަގުމަތީގައި ހަރަކާތްތެރިވަނީ | ދިއިސްލާމް ފޮޓޯ: މުހައްމަދު ވަސީމް

މާލޭގައި ހިންގާ ކުށްތައް މަދުކޮށް މާލޭތެރެ އަމާންކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ހަރަކާތްތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުން ފަށައިފިއެވެ.

މިހަރަކާތްތައް ފެށިފައިވަނީ މިދިޔަ 2 ނޮވެމްބަރ ވީ ހުކުރު ދުވަހުގައެވެ. އެދުވަހު ހަވީރު މާލޭގެ އާންމުން ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކަށް ގޮސް މަޢުލޫމާތުދީ ލީފްލެޓް ފަދަތަކެތި ބަހާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. މިހަފްތާގެ ޕްރޮގްރާމުގައި މަޢުލޫމާތު ދީފައިވަނީ ފޭރުމުގެ ޢަމަލުތަކުން ސަލާމަތް ވާނެގޮތާއި މިފަދަ ޢަމަލެއް ހިނގާނަމަ އެކަން ފުލުހުންނަށް ފަސޭހައިން ރިޕޯޓްކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅޭނެ ގޮތްތަކާއި ގުޅޭ ގޮތުންނެވެ.

ސިލްސިލާކޮށް ކުރިޔަށް ގެންދާ މިޕްރޮގްރާމްގައި އެކި ކުށް ތަކާ ގުޅޭ ގޮތުން އާއްމުން ހޭލުންތެރި ކުރުމަށް އެކި ދުވަސް މަތިން މަޢުލޫމާތު ދީ ލީފްލެޓް ބެހުމަށް ހަމަޖެހިފައި ވާކަމަށް މަޢުލޫމާތު ލިބެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.