ރާއްޖޭގެ ޚަބަރު ހައްޖުގެ މަތިވެރި އަޅުކަމަށްފަހު ރާއްޖެއިން ހައްޖަށް ދިޔަމީހުން އެނބުރި އަންނަން ފަށައިފި

ހައްޖުގެ މަތިވެރި އަޅުކަމަށްފަހު ރާއްޖެއިން ހައްޖަށް ދިޔަމީހުން އެނބުރި އަންނަން ފަށައިފި

ހައްޖުގެ މަތިވެރި އަޅުކަމަށްފަހު ރާއްޖެއިން ހައްޖަށް ދިޔަމީހުން އެނބުރި އަންނަން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހި ޙައްޖުވެރިން އަރަފާތު ބިމުގައި | ދިއިސްލާމް ފައިލް ފޮޓޯ

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށްފަހު ރާއްޖެއިން ހައްޖަށް ދިޔަމީހުން އެބުރި އަންނަން ފަށައިފިއެވެ.

މިގޮތުން މިއަދު ހެނދު ފުރަތަމަ މާލެ އައިސްފައި ވަނީ "ކްލެސިކް" ހައްޖު ގުރޫޕާއި "އަލްހައިރު" ޖަމާއަތުގެ ހަވާލުގައި ރާއްޖެއިން ހައްޖަށް ދިޔަ 246 މީހެއް ކަމަށް އިސްލާމިކް މިނިސްޓްރީއާއި ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
އަދިހަމަ މިއާއެކު ހައްޖުވެރިންގެ އެންމެ ފަހު ފްލައިޓް ރާއްޖެ އައުމަށް ހަމަޖައްސާފައި ވަނީ މި މަހު 11 ވަނަ ދުވަހުގައެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަން ހިނގައިދިޔަ ގޮތާއި ގުޅޭ ގޮތުން ދި އިސްލާމްއަށް މަޢުލޫމާތު ދެއްވަމުން ޢަމީރުލް ޙައްޖު ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް ދިއިސްލާމްއަށް ވިދާޅުވީ ޙައްޖުގެ ކަންތައްތައް އާދައިގެ ގޮތެއްގައި ރަނގަޅުކަމަށައި، އެހެންނަމަވެސް ރަގަޅު ކުރަން ޖެހޭ ކަންތައްތަކެއްވެސް އެބަހުރިކަމަށެވެ.
މިއަހަރު ރާއްޖެއިން 1000 ހާއްޖާޖީން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ އިރު އެއްވެސް މީހަކަށް ބޮޑު ގެއްލުމެއް ނުވާކަމަށް ހައްޖު މިޝަނުން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.