“ސީރިއާ ފޯރަމް 2012″ ރޭޑިއޯ އެޓޯލްއިން އިންޝާﷲ ލައިވްކުރާނެކަމަށް ފޯރަމް އިންތިޒާމް ކުރާ ފަރާތުން ހާމަކޮށްފިއެވެ.
“ސީރިއާ ފޯރަމް 2012 ” ގެ ނަމުގައި ވަރަށް ޙާއްސަ ފޯރަމެއް 15 ސެޕްޓެމްބަރ ވާ ހޮނިހިރު ދުވަހުގެ ރޭ 20:30 އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބާއްވާގޮތަށް ހަމަޖެހިއްޖެހިފައިވާއިރު ރޭޑިއޯ އެޓޯލްއިން ވަގުތުން ދުރަށް ފޮނުވުމުގެ އިންތިޒާމް ހަމަޖެހޭނެކަމަށް ފޯރަމް އިންތިޒާމްކުރުމުގައި އުޅުއްވާ އޮފިޝަލަކު ދިއިސްލާމްއަށް ވަނީ މައުލޫމާތު ދީފައެވެ.
“ސީރިޔާ ފޯރަމް 2012″ ގެ ހަރަކާތުގައި ރާއްޖޭގެ މަޝްޙޫރު ދީނީ އިލްމުވެރިންކަމަށްވާ ޝެއިޚް މުހައްމަދު ޠައްޔިބާއި ޝައިޚް މުހައްމަދު ނަޝީދު އާދަމާއި އަދި ޝައިޚް އަޙުމަދު ސަމީރު ބިން އިބްރާހިމް ބައިވެރިވަޑައިގަންނަވައެވެ. މި ހަރަކާތް އިންތިޒާމް ކުރާފަރާތުން ހާމަކުރާގޮތުގައި “ސީރިޔާ ފޯރަމް 2012″ ގެ މީޑިއާ ޕާރޓްނާއަކީ “ދިއިސްލާމް” އެވެ. އަދި މިހަރަކާތް ކުރިޔަށް ގެންދަނީ “އަންޞާރު އައްޝާމް” ގެ އެހީތެރިކަމާއެކީ ކަމަށް ފޯރަމްގެ މީޑިއާ އޮފިޝަލް މައުލޫމާތުދެއްވައެވެ.
ވީހާވެސް ގިނަ އަޚުންނާއި އުޚުތުން މި ފޯރަމަށް ވަޑައިގަތުމަށް މިކަން އިންތިޒާމް ކުރައްވާ ޒުވާނުން އެދިލައްވައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...