ރާއްޖޭގެ ޚަބަރު މުނާސަބުތަކުގައި ބާއްވާ ހަރަކާތްތަކުގައި އިސްލާމް ދީނާއި ފުށުއަރާ ގޮތަށް ކަންތައް ނުކުރުމަށް އިސްލާމިކް މިނިސްޓްރީއިން އިލްތިމާސްކޮށްފި

މުނާސަބުތަކުގައި ބާއްވާ ހަރަކާތްތަކުގައި އިސްލާމް ދީނާއި ފުށުއަރާ ގޮތަށް ކަންތައް ނުކުރުމަށް އިސްލާމިކް މިނިސްޓްރީއިން އިލްތިމާސްކޮށްފި

މުނާސަބުތަކުގައި ބާއްވާ ހަރަކާތްތަކުގައި އިސްލާމް ދީނާއި ފުށުއަރާ ގޮތަށް ކަންތައް ނުކުރުމަށް އިސްލާމިކް މިނިސްޓްރީއިން އިލްތިމާސްކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފޮޓޯ ގެލަރީ: 1433 ވަނަ އަހަރުގެ ރަމްޟާން މަހުގެ ހަދު ސާބިތު ކުރުމުގެ ޖަލްސާގެ ތެރެއިން | ދިއިސްލާމް ފޯޓޯ: އަޝްވާގު

ތަފާތު މުނާސަބުތަކުގައި ބާއްވާ ހަރަކާތްތަކުގައި އިސްލާމް ދީނާއި ފުށުއަރާ ގޮތަށް ކަންތައް ނުކުރުމަށް އިސްލާމިކް މިނިސްޓްރީއިން އިލްތިމާސްކޮށްފިއެވެ.

މިނިސްޓްރީއިން މިއަދު ސަރުކާރުގެ ޢިދާރާތަކަށް ފޮނުވާފައިވާ ސާރކިއުލާރ އެއްގައި ވަނީ، "ރަސްމީ މުނާސަބަތު ތަކުގައްޔާއި، އަދި އެނޫންވެސް ތަފާތު މުނާސަބަތު ތަކުގައި އުފާ ފާޅުކުރުމުގެ ގޮތުން ބާއްވާ ކުޅިވަރުގެ އެކި ޙަރަކާތްތަކުގައި އިސްލާމްދީނުގެ އަދަބު އަޚުލާގާއި ފުށުއަރާ ކަންތައްތައް ނުކުރުމަށް ނަސޭހަތްތެރިވާ" ކަމަށާއި "ދެޖިންސު މަސްހުނިވެގެން ބާއްވާ ނެށުމާއި، ފުރާވަރުގެ އަންހެން ކުދިން ހިމަނައިގެން އެކުދިންލައްވާ ނެއްޓުވުން ފަދަ ކަންތައް ރަސްމީ އިދާރާތަކުންނާއި، ޢާންމު ފަޜާތް ތަކުންވެސް ނުކުރުމަށް ނަސީހަތްތެރިވާ"ކަމަށެވެ.

އިސްލާމިކް މިނިސްޓްރީއިން މިސާރކިއުލާ އާންމުކޮށްފައިވަނީ "އެމިނިސްޓްރީއަކީ ދީނުގައިވާ ރަނގަޅު ގޮތް އޮޅުން ފިލުވައި ދިނުމަށާއި ދީނީ ކަންތައްތަކުގައި ސަރުކާރަށް ލަފާދިނުމާއި ދައުލަތުގެ ފަރާތުން އިސްލާމީ ޝިއާރު ފާޅުކުރުމަށް އުފައްދަވާފައިވާ މިނިސްޓްރީކަމަށްވާތީ"ކަމަށް އެސާރކިއުލާގައި ހާމަކޮށްފައިވެއެވެ.

އިސްލާމިކް މިނިސްޓްރީއިން ނެރެފައިވާ މިސާރކިއުލާގައި އިސްލާމްދީނާއި ފުށުނާރާ ކުޅިވަރުތައް ކުޅުމަކީ އެންމެ ރަނގަޅުކަމެއްކަމުގައި ވެސް ފާހަގަކޮށްފައިވެއެވެ. މިނިސްޓްރީގެ ސާރކިއުލާގައިވަނި "ނަމަވެސް އިސްލާމީ އަދަބު އަޚުލާޤުގެ ގިއުގަނޑުގެ ތެރޭގައި ތާރަޖެހުމާއި، ކުޑަކުދިންގެ ކުޅިވަރުތަކާއި ޢަސްކަރީ ހެވިކަމުގެ ކުޅިވަރުތަކާއި، ޤައުމީ ސަލާމް ކުޅުމާއި ޕެރޭޑާއި، ސްކައުޓް ޙަރަކާތްތަކާއި، ގާރލްގައިޑް ހަރަކާތްތަކާއި، ޤައުމީ ސަލާމަތާއި، ޤައުމީ ޖޯޝް އާލާވާ ކުޅިވަރުތަކުގެ އިތުރުން ދިވެހި އާދަކާދައާއި، ޘަޤާފަތުގެ ތެރޭގައި ހިމެނޭ އިސްލާމް ދީނާއި ފުށުނާރާ ކުޅިވަރުތައް ކުޅުމަކީ، އެންމެ ރަނގަޅު ކަމެއް ކަމުގައިވެސް ދެންނެވީން"ކަމަށެވެ.

މިސާރކިއުލާ ފޮނުވާފައިވަނީ، ހުރިހާ މިނިސްޓްރީތަކަށާއި ސަރުކާރުގެ ހުރިހާ އޮފިސްތަކަށާއި ސިޓީ ކައުންސިލްތަކަށާއި ހުރިހާ އަތޮޅު ކައުންސިލް އިދާރާތަކާއި ރަށު ކައުންސިލް އިދާރާތަކުގެ އިތުރުން މީޑިއާތަކަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.