"ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެވެ.
އެޖަމްޢިއްޔާއިން މިގޮތައް ހާމަކުރެއްވީ އެޖަމްޢިއްޔާގެ ރައީސް ދިއިސްލާމަށް ދެއްވި ބަސްދީގަތުމެއްގައެވެ. އެޖަމްޢިއްޔާގެ ރައީސް އިބުރާހިމް ފައުޒީ ވިދާޅުވީ “ނޮވެންބަރ މަހުގެ 5 ވަނަ ދުވަހު އަރޓިފިޝަލް ބީޗްގައި ފިތުނައިގެ ހުޅުގަނޑު މިމަޢުލޫއަށް ދަރުސްދެއްވާނީ އައްޝައިޚް މުޙައްމަދު މޫސާ” ކަމަށެވެ. އަދި މިދަރުސް ‘އެމް.އެން.ބީ.ސީ ވަން’ އިން ލައިވް ކުރަން ހަމަޖެހިފައިވާކަމަށް އެޖަމިއްޔާއިން ހާމަކުރައްވައެވެ.
މިހާރު އެޖަމްޢިއްޔާއިން ދަނީ މިދަރުސް އިސްތިހާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...