އިންޑިއާގެ ވިޔަފާރިވެރިއެއް މިސްކިތުފަންޑަށް 50 ހާސް ޑޮލަރު ހަދިޔާ ކުރަން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓާރ ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓާރ ޝެއިޚް ޝަހީމް ހާމަކުރެއްވޮގުގައި ސެޕްޓެމްބަރު މަހުގެތެރޭގައި ދުބާއީގައި މަސައްކަތް ކުރާ އިންޑިއާގެ ވިޔަފާރިވެރިއެއް ރާއްޖެ ވަޑައިގެން މިސްކިތުފަންޑަށް 50 ހާސް ޑޮލަރު (ގާތްގަނޑަކަށް 771000ރ) ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިނިސްޓާރ ހާމަކުރެއްވި ގޮތުގައި މިސްކިތު ފަންޑުން އިމާރާތް ކުރަން ނިންމާފައިވާ 10 ބުރީގެ އިމާރާތް އެޅުމަށް އެކި ފަރާތްތަކުން ދަނީ އެހީތެރިވަމުންނެވެ.
ދާދިފަހުންވެސް ވަނީ އަލްޖީރިޔާގެ ވިޔަފާރިވެރިޔަކު ރާއްޖެ ވަޑައިގެން 3.1 މިލިޔަން ރުފިޔާ މިސްކިތު ފަންޑަށް ހަދިޔާ ކުރައްވާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...