ރާއްޖޭގެ ޚަބަރު "ފުޅާ ދާއިރާއެއްގައި ބައިބައިވުންތަކެއް އުފެދުމުގެ ފުރުސަތުތަކެއް ފަހިކުރަމުން އެބަ ގެންދޭ": ސަންދާން ލުތުފީ

"ފުޅާ ދާއިރާއެއްގައި ބައިބައިވުންތަކެއް އުފެދުމުގެ ފުރުސަތުތަކެއް ފަހިކުރަމުން އެބަ ގެންދޭ": ސަންދާން ލުތުފީ

"ފުޅާ ދާއިރާއެއްގައި ބައިބައިވުންތަކެއް އުފެދުމުގެ ފުރުސަތުތަކެއް ފަހިކުރަމުން އެބަ ގެންދޭ": ސަންދާން ލުތުފީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

އާރޓް އެގްޒެބިޝަންގައި ސަންދާނު ލުތުފީ ވާހަކަ ދައްކަވަނީ | ދިއިސްލާމް ފޮޓޯ: މުހައްމަދު ވަސީމް

"ވަރަށް ފުޅާ ދާއިރާއެއްގައި ބައިބައިވުންތަކެއް އުފެދި ހަމަނުޖެހުންތަކެއް އުފެދުމުގެ ފުރުސަތުތަކެއް ފަހިކުރަމުން އެބަ ގެންދާ"ކަމަށް ސަންދާން ލުތުފީ ވިދާޅުވެއްޖެއެވެ.

"ވެރިކަން ބަދަލުވި ގޮތް ކުރެހުންތެރިއެއްގެ ފިހިން" ފޮޓޯ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަން ދާނު ލުތުފީ ވިދާޅުވީ "އެމީހުން ހަރަކާތްތެރިވަމުންދަނީ ވަރަށް ފުޅާ ދާއިރާއެއްގައި. މިއަދު އަޅުގަނޑުމެން މިތާ މަޑުމަޑުން ތިބި ނަމަވެސް ހަގީގަތުގައި ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ވަރަށް ފުޅާ ދާއިރާއެއްގައި ބައިބައިވުންތަކެއް އުފެދި ހަމަނުޖެހުންތަކެއް އުފެދުމުގެ ފުރުސަތުތަކެއް ފަހިކުރަމުން އެބަ ގެންދާ."ކަމަށެވެ. އަދި ލުތުފީ ވަނީ ސޯސަލް މީޑިޔާތަކުގައި އުޅޭ ޒުވާނުންނަށް އިލްތިމާސްއެއްކުރައްވާފައެވެ. ސަންދާނު ލުތުފީ ވިދާޅުވީ ""ރާއްޖޭގެ ޒުވާނުންނަށް ހާއްސަކޮށް ސޯސަލް މީޑިޔާތަކުގައި އުޅޭ ޒުވާނުންނަށް ގޮވާލަނީ ދުނިޔެއަށް އަންނަ ބަދަލުތަކާއި މިބަދަލުތައް އަންނަޖެހޭ ގޮތާއި ގެނެވިގެން ދާގޮތްތައް އިލްމީ ނަޒަރަކުން ދިރާސާކުރުމަށް ފަހު އަމިއްލަ ސިކުނޑިން ވިސްނަވާ ވަރަށް ފުންކޮށް ވިސްނުމަށް ފަހު ދެން އަމިއްލައަށް ގޮތެއް ނިންމުމަށް،" ގޮވާލެއްވިއެވެ.

އަދާލަތު ޕާޓީގެ ފަރާތުން އިންތިޒާމުކޮށްގެން އިއްޔެ އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި "ހާއްސަ މެހެމާން"ގެ ގޮތުގައި ބައިވެރިވެ ވާހަކަ ދައްކަވަމުން ރާއްޖޭގެ ސިޔާސީ ދާއިރާ ބައްޓަންވަމުން އައިސްފައިވާ ގޮތާއި ބައްޓަން ވަމުން އައިގޮތަށް ވަނި އަލިއަޅުވާލާފައެވެ. އެގޮތުން ލުތުފީ ވަނީ ހަތިޔާރު ބޭނުން ނުކޮށް ފިކުރީ ގޮތުން ތިމާގެ ވިސްނުމާއި ކުޅެން ބަޔަކު މަސައްކަތް ކުރާކަމަށާއި މިކަމަށް އެންމެންވެސް ފާރަވެރިވެ ތިބެންޖެހޭކަމަށެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.