
ޢީދު ދުވަހު ކަނޑިތީމުގައި ބޭއްވި ކުޑަކުދިންގެ ހަވީރު. މިއީ ކަނޑިތީމުގައި މިއުޒިކާއި ނުލައިބޭއްވި މިފަދަ ފުރަތަމަ ކުޑަކުދިންގެ ހަވީރު. ފޮޓޯ: ކީޖަމިއްޔާ
ކަނޑީތީމް ކައުންސިލާއި ކަނޑިތީމު ޔޫތު އިނިޝިއޭޓިވް (ކީ) ޖަމްޢިއްޔާ އިން އިންތިޒާމް ކޮށްގެން ވަރަށް ކުލަ ގަދަކޮށް މިއުޒިކު ފްރީ ކުޑަ ކުދިންގެ ހަވީރެއް ޢީދު ދުވަހުގެ ހަވީރު ބާއްވައިފިއެވެ.
މި އިވެންޓްގެ އިވެންޓް މެނޭޖަރ ކީ ޖަމްއިއްޔާގެ ޕްރޮގްރާމް ކޯޑިނޭޓަރ އަލްފާޟިލް އިސްމާޢިލް އަފްރާހު (އިއްސެ) ވިދާޅުވީ މި ކުޑަ ކުދިންގެ ހަވީރަކީ ކަނޑިތީމްގެ ވަރަށް ގިނަ އާއްމު ރައްޔިތުން ބައިވެރިވި ކުޑަކުދިންގެ ހަވީރެއްކަމަށެވެ. އަދި އެ ހަވީރަށް ކަނޑިތީމްގެ ކުލަބު ޖަމްޢިއްޔާ ޖަމާއަތް ތަކާއި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަމަށެވެ. މީގެއިތުރުން އެ ހަރަކާތުން ކަނޑިތީމްރައްޔިތުންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ފެނިގެން ދިޔަ ކަމަށް އިއްސެ ވިދާޅުވިއެވެ.
މި ކުޑަކުދިންގެ ހަވީރުގައި ތަފާތު އެކި އެކި ކުޅިވަރު ތައް ކުޅެފައިވެއެވެ. އެގޮތުން މިއުޒިކަލް ޗެއަރ (މިއުޒިކް ނުލައި) އާއި ،ގޯނި ރޭހާއި، ކަނު ބަދަގެން ކެއުމުގެ މުބާރާތާއި، ގޯލް ޝޫޓީންގ ،އާއި ފުއްޕާހަމަށް ފެންއަޅައިގެން ދުވުމުގެ ރޭހާއި،ސަމްސާ ރޭހާއި ،ބޯލް ޕާސް، އަދި ފަތް ކޯޅި ދުވުން ހިމެނެއެވެ. މީގެ އިތުރުން އީދު ހަނދާން ގިނަދުވަހަށް ހުންނާނެހެން ހެދުމަށްޓަކައި ފޮޓޯ ނެގުމަށް ޙާއްސަކޮށްގެން ފޮޓޯ ބޫތެއްވެސްވަނީ ހަދާފައެވެ.
މީގެއިތުރުން މިއުޒިކަލް ޗެއަރ މިއުޒިކާއި ނުލާ ކުރިޔަށް ގެންގޮސްފައިވާކަމަށް އިއްސެ ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ. ” މިއުޒިކް ނުލާއި ކުޅިވަރު ކުޅުމުން އެނގިގެން ދަނީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ އެފަދަ ވިޔާ ނުދާ ކަންކަމާއި ނުލައި ވެސްޢީދު ކުލަ ގަދަކޮށް ފާހަގަ ކުރެވޭނެކަން. ޢީދު ކުޅިވަރަކީ ކޮންމެ ގޮތެއްވިޔަށް ދީނީ ހަރަކާތެއް. ރަޟާންމަހު ރޯދަ ހިފުމަށްފަހު އަހަރަމެން އުފާކޮށް ހެދުމަށް ﷲ ސުބްހާނަހޫ ވަތަޢާލާ އަހަރަމެންނަށް ދެއްވާފައިވާ ޚާއްސަ ދުވަހެއް. މިފަދަ ޢީދު ދުވަސް ތަކުގައި ﷲ ހަރާމް ކުރެއްވި އެފަދަ ކަންކަން ކޮށްގެން ނުވާނެ. " މި ކުޑަކުދިންގެ ހަވީރުގައި ހިނގަމުންދިޔައިރު މުޅި އިވެންޓްގައި ބޭނުންކޮށްފައިވާނި މިއުޒިކު ނުހުންނަ ރީތި ޢީދު ލަވަޔާއި އިސްލާމީވަންތަ ނާސަރީ ރައިމްސްއެވެ. "މިއީ މިއުޒިކާއި ނުލައި މިފަދަ ކަންކަން ކުރެވިދާނެކަމުގެ އަލި ގަދަ ހެއްކެއް ނަމޫނާއެއް. މިކަމަށް ކަނޑިތީމް ރައްޔިތުން ހެކި ވާނެ" އިއްސެ ވިދާޅުވިއެވެ. މީގެ އިތުރުން ކަނޑިތީމްގައި ކުރެވޭ ކަންކަން މިއުޒިކާއި ނުލާއި ކުރިޔަށް ގެންދިޔުމަށް އިއްސެ ވަނީ އަމިއްލަ ނަމުގައްޔާއި ކީ ޖަމްއިއްޔާގެ ނަމުގައި އެހެން ޖަމްއިއްޔާތަކަށް ގޮވާލައިފައެވެ.
ޢީދު ދުވަހު ކަނޑތީމްގެ ސްޓޭޖް ސަރަހައްދުގައި ކުރިޔަށް ގެންދިޔަ ކުޑަ ކުދިންގެ ހަވީރު ނިންމާލައިފައިވަނީ 6 ޖެހިއިރެއެވެ. މި ހަވީރަކީ ކަނޑިތީމްގެ ތާރީޚުގައި މިއުޒިކް ނުލައި މިހާ ކުލަ ގަދަ ކޮށް ފާހަގަކުރި ފުރަތަމަ ކުޑަކުދިންގެ ހަވީރެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...