ރާއްޖޭގެ ޚަބަރު "ވީހާވެސް ގިނަ ބަޔަކު ސްޓޭޑިއަމްއަށް ޢީދު ނަމާދު ކުރުމަށް ވަޑައިގަތުން އެދެން": އިސްލާމިކް މިނިސްޓާރ

"ވީހާވެސް ގިނަ ބަޔަކު ސްޓޭޑިއަމްއަށް ޢީދު ނަމާދު ކުރުމަށް ވަޑައިގަތުން އެދެން": އިސްލާމިކް މިނިސްޓާރ

"ވީހާވެސް ގިނަ ބަޔަކު ސްޓޭޑިއަމްއަށް ޢީދު ނަމާދު ކުރުމަށް ވަޑައިގަތުން އެދެން": އިސްލާމިކް މިނިސްޓާރ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމިކް މިނިސްޓަރ ޝެއިޚް ޝަހީމް | ދިއިސްލާމް ފޮޓޯ: އަޝްވާގު

ވީހާވެސް ގިނަ ބަޔަކު ސްޓޭޑިއަމްއަށް ޢީދު ނަމާދު ކުރުމަށް ވަޑައިގަތުމަށް އިސްލާމިކް މިނިސްޓާރ ޝެއިޚް މުހައްމަދު ޝަހީމް އަލީ ސަޢީދު އެދިވަޑައިގެންފިއެވެ.

މައްކާގައި ހުންނަވާ ދިއިސްލާމްއަށް ފޮނުއްވި އެސްއެމްއެސްއެއްގައި ޝެއިޚް ޝަހީމް ވިދާޅުވީ "ވީހާވެސް ގިނަ ބަޔަކު، އަންހެނުންނާއި ކުޑަކުދިންނާއި އެންމެހާ ޒުވާނުން ޢީދު ނަމާދާށް މައިދާނަށް ވަޑައިގަތުމަށް އެދެން. އެގޮތައް މައިދާނުގައި މައިދާނުގައި ޢީދު ނަމާދު ކުރުމަކީ ކީރިތި ރަސޫލާ ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ މަތިވެރި ސުންނަތެއް." ކަމަށެވެ. އަދި ޝެއިޚް ޝަހީމް ވިދާޅުވީ "މިކަން މިހާ ފުޅާކޮށް މިހާ ބޮޑުކޮށް ކުރެވި މުސްލިމުންގެ ބޮޑު ޖަމާއަތެއް އެއްތާކުން ފެނުމަކީ ގައުމުގެ ހައިބަތާއި ޤަދަރު ބޮޑުވާނެކަމެއް." ކަމަށެވެ.

ޢީދު ނަމާދު މާފަންނު ސްޓޭޑިއަމްގައި ކުރުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންދާއިރު މީގެ ކުރިން މިނިސްޓާރ ހާމަކޮށްފައިވަނީ ގާތްގަޑަކަށް 25 ހާސް މީހުންނަށް ޢީދު ނަމާދުގައި ބައިވެރިވެވޭނެ ޖާގަ އޮންނާނެކަމަށެވެ. އަދި ވީހާވެސް ގިނަ ބަޔަކު މިކަމުގައި ބައިވެރިވުމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ޓެގް

ފިތުރު ޢީދު 1433

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.