އޯއައިސީ ސަމިޓް ގައި ރާއްޖޭގެ ރައީސް ވާހަކަ ދައްކަވާނީ މިރޭކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.
ރޭ މައްކާގައި ފެށުނު އޯއައިސީ ސަމިޓް ގެ އެކްސްޓްރާރ އޯޑިނަރީ ސެޝަންގައި ރައީސް ޑރ ވަހީދު ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާއިރު ސަމިޓްގައި އެޖެންޑާ ކުރެވިފައިވަނީ އިސްރާއީލުން ހިފާފައިވާ ޤުދްސާއި ފަލަސްތީނުގެ މައްސަލައިގެ އިތުރުން މިޔަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުންނާއި ހަރުކަށި ބުޑިސްޓް ޖަމާއަތްތަކުން ހިންގަމުންގެންދާ ނަސްލު ނައްތާލުމުގެ ޖަރީމާތަކުގެ މައްސަލައާއި ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގެ މައްސަލަ އެވެ.
ސައޫދީ ރަސްގެފާނު ޢަބްދުﷲ ގެ ދައުވަތަކަށް އޯއައިސީގެ ގައުމުތައް ސަމިޓަށް މައްކާއަށް ޖަމާވާއިރު އޯއައިސީގެ ޖަލްސާ ފެށުނީ، ރާއްޖޭ ގަޑިން ރޭ މެންދަމު 1.30 ގައެވެ. މި ޖަލްސާގައި، އޯ.އައި.ސީ.ގެ މެންބަރު ޤައުމުތަކުގެ އެންމެމަތީ ވެރިންވެސް ބައިވެރިވެވަޑައިގަންނަވައެވެ. ރޭގެ ޖަލްސާގައި، މީގެތެރެއިން ބައެއް ޤައުމުތަކުގެ ވެރިން ވާހަކަފުޅު ދެއްކެވިއެވެ.
އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓް ކުރިއަށްދާނީ މި މަހުގެ 14 އިން 15 އަށް މައްކާގައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...