ރާއްޖޭގެ ޚަބަރު ހަސަދަވެރިކަމާއި ރުޅިވެރިކަމަކީ މުޖުތަމަޢުގައި ފެތުރެމުންދާ ބޮޑު ވަބާއެއް: ޝައިޚް އިލްޔާސް ޙުސައިން

ހަސަދަވެރިކަމާއި ރުޅިވެރިކަމަކީ މުޖުތަމަޢުގައި ފެތުރެމުންދާ ބޮޑު ވަބާއެއް: ޝައިޚް އިލްޔާސް ޙުސައިން

ހަސަދަވެރިކަމާއި ރުޅިވެރިކަމަކީ މުޖުތަމަޢުގައި ފެތުރެމުންދާ ބޮޑު ވަބާއެއް: ޝައިޚް އިލްޔާސް ޙުސައިން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޝެއިޚް އލްޔާސް ދަރުސް ދެއްވަނީ. ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާގު

ހަސަދަވެރިކަމާއި ރުޅިވެރިކަމަކީ އަޅުގަނޑުމެން ތެރޭގައި ފެތުރެމުންދާ ބޮޑު ވަބާއެއްކަމަށް އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

ޝައިޚް އިލްޔާސް މިހެން ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ރ.ކިނޮޅަހު މަސްޖިދުލް ފުރްޤާންގައި ދެއްވި ދަރުސެއްގައެވެ. "رسول الله صلي الله عليه وسلم ގެ ޙަދީޘް ކުރައްވާފައިވަނީ ތިޔަބައިމީހުންގެ ކުރީގެ އިސްވެދިޔަ އުއްމަތްތަކުގެ މީހުންގެ ތެރެޔަށް ފެތުރިގެންދިޔަ ވަރަށް ބޮޑު ވަބާއެއް ތިޔަބައިމީހުންގެ ތެރެޔަށް ވެސް ފެތުރިގެން އެބަދޭ.އެއީ ހަސަދަވެރިކަމާއި ރުޅިވެރިކަން." ބައްލަވާލައްވާ މުސްލިމުންގެ ޙާލަތަށް. ކިހިނެއްތޯ ވަނީ؟" ޝައިޚް ވިދާޅުވިއެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ އުޑުގައި ވެސް އަދި ބިމުގައި ވެސް އެންމެ ފުރަތަމަ ފާފަ ކުރެވުނީ ހަސަދަވެރިވުމުގެ ސަބަބުން ކަމަށެވެ.

" އަޅުގަނޑުމެންގެ ހުރިހާ އަޅުކަމެއް ފުހެލީ.ހަސަދަވެރިކަމަކީ އިންސާނާގެ ހެޔޮކަންތައް ހަމަ ސިކުންތެއްގެ ތެރޭގައި ހުލިކޮށްލާ ކަމެއް.ހަމަ ފުހެލާނެ. "رسول الله صلي الله عليه وسلم ޙަދީޘް ކުރައްވަނީ އަލިފާން ދަރު އަންދާލާ ފަދައިން މީހާގެ ހެޔޮކަންތައް ފުހެލާނެ ހަސަދަވެރިކަން."އެހެންވީމާ ސަލާމާތްވާން އެބަ ޖެހޭ .އުޑުގައިވެސް އެންމެ ފުރަތަމަ ފާފަ ކުރެވުނީ ހަސަދަވެރިވުމުގެ ސަބަބުން. ބިންމަތީގައި އެންމެ ފުރަތަމަ ލޭއޮހޮރިގެންދިޔައީ ހަސަދަވެރިވުމުގެ ސަބަބުން." ޝައިޚް އިލްޔާސް ވިދާޅުވިއެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ އިބިލީސް އާދަމްގެ ފާނަށް ހަސަދަވެރިވެ މާތް ﷲ އަށް އުރެދުނީކަމަށާއި ޤާބިލް ޚާބިލް ޤަތުލުކުރީވެސް ހަސަދަވެރިވުމުގެ ސަބަބުން ކަމަށެވެ.އަދި ހަސަދަވެރިކަމާއި ރުޅިވެރިކަމުގެ އަޞްލަކީ ބޮޑާވެގަތުމާއި ކިބުރުވެރިވުމުން ކަމަށް ވެސް ޝައިޚް ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ ރޭ 10:00 ގައި ބޭއްވި މި ދަރުސަށް ފަހު ޙާޟިރިވީ މީހުން ކުރި ސުވާލުތަކަށް ޖަވާބު ދިނުންވެސް އޮތެވެ. ސުވާލުތަކަށް ޖަވާބު ދެއްވީ އައްޝައިޚް އިލްޔާސް ޙުސައިން އާއީ އައްޝައިޚް ޢަލީ ޒާހިރު ޢަބްދުލް މަންނާނުއެވެ.

ކިނޮޅަހުގެ ރަށު ކައުންސިލް އާއި އަދާލަތު ޕާޓީ ކިނޮޅަހު ގޮފިން އިންތިޒާމު ކުރި މި ދަރުސްގައި ގިނަ ބަޔަކު ބައިވެރިވެ ، ގިނަ ސުވާލު ހުށައެޅިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.