ރާއްޖޭގެ ޚަބަރު އިސްލާމްދީނުގައި ވަނީ އެންމެ ފުރިހަމަޔަށް އިންސާނީ ޙައްޤު ޙިމާޔަތް ކޮށްދީފައި: ޝައިޚް ޢަޒީޒު

އިސްލާމްދީނުގައި ވަނީ އެންމެ ފުރިހަމަޔަށް އިންސާނީ ޙައްޤު ޙިމާޔަތް ކޮށްދީފައި: ޝައިޚް ޢަޒީޒު

އިސްލާމްދީނުގައި ވަނީ އެންމެ ފުރިހަމަޔަށް އިންސާނީ ޙައްޤު ޙިމާޔަތް ކޮށްދީފައި: ޝައިޚް ޢަޒީޒު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

1433 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމުގެ ޕްރޮގްރާމްގެ ދަށުން ބޭއްވި ޖަލްސާ. -- ދިއިސްލާމް ފޮޓޯ - އިބްރާހިމް އަސްވާގު

އިސްލާމްދީނުގައި އިންސާނީ ޙައްޤު ހިމާޔަތްކޮށްފައިވާ ވަރަށް އެހެން ދީނެއްގައި އިންސާނީ ޙައްޤު ޙިމާޔަތްކޮށްފައި ނުވާ ކަމަށް އައްޝައިޚް ޢަބްދުލް ޢަޒީޒު ޙުސައިން ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަޒީޒު މިހެން ވިދާޅުވީ ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތައް އިޙްޔާ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމުކޮށްގެން ހުކުރު ދުވަހުގެ ރޭ އިސްލާމީ މަރުކަޒު ޖަލްސާ ކުރާ ހޯލުގައި ބޭއްވި އިޙްޔާ ކުރުމުގެ ޖަލްސާގައެވެ.

ޝައިޚް ވިދާޅުވީ އިސްލާމްދީނުގައި އެއްވެސް މީހެއްގެ ކުލަޔަކަށް ބެލުމެއްނެތި ހަމަހަމަޔަށް ޙައްޤުދީފައިވާ ކަމަށާއި އެހެންދީނެއްގައި ނުދޭ ވަރަށް ހުރިހާ ޙައްޤުތައް އިސްލާމް ދީނުގައި ދީފައިވާ ކަމަށާއި މިއީ އެއްވެސް ބަޔަކަށް ދެކޮޅު ހެދޭނެކަމެއް ނޫންކަމަށެވެ. "އިންސާނީ ޙައްޤު" މި މަޢުލޫއަށް ވާހަކަފުޅު ދެއްކެވި މި ޖަލްސާގައި ޝައިޚް ވިދާޅުވީ ބިލާލުގެފާނަކީ ކަޅު ބޭފުޅެއް ކަމަށާއި ނަމަވެސް رسول الله صلي الله عليه وسلم މިޢުރާޖު ކުރެއްވިރޭ ސުވަރުގެއިން އެކަލޭގެފާނުގެ ފިޔަވަޅުފުޅުގެ އަޑު އިވިވަޑާއިގެން ކަމަށާއި ކަޅު ކަމުގެ ސަބަބުން ބިލާލުގެފާނަށް ލިބުނު ގެއްލުމެއް ނެތް ކަމަށާއި މީހަކު ކަޅުވެގެން އެމީހަކާ ދިމާޔަށް މަލާމަތް ނުކުރުމަށެވެ.

“އިސްލާމްދީނުގައި ތައުލީމް އުނގެނުމުގެ ހައްޤު ވަނީ ދެއްވަވާފައި، ހައްޤުތައް ދެނަގަތުމުގެ ހައްޤު ވަނީ ދެއްވަވާފައި، މުދާ ލިބިގަތުމާއި ޚަރަދުކުރުމުގެ ހައް ވަނީ ދެއްވަވާފައި، މަސައްކަތް ކުރުމުގެ ހައްޤު ދެއްވަވާފައިވޭ؟ ހަލާލުތަކެތި ހޯދައި އެތަކެތި ކައިބޮއި އުޅުމުގެ ހައްޤު ވަނީ ދެއްވަވާފައި. ދެން ކޮބައިތޯ އިސްލާމް ދީން އިންސާނުންނަށް ނުދީގެން މިއުޅޭ ހައްޤަކީ؟” ޝައިޚް ވިދާޅުވިއެވެ.

އިސްލާމް ދީނުގައި ކޮންމެ އިންސާނަކަށް ވެސް ދިރިހުރުމުގެ ޙައްޤު ލިބިދީފައިވާ ކަމަށާއި ޙައްޤަކާއި ނުލާ މީހެއްގެ ފުރާނަ ހިފުމަކީ އިސްލާމް ދީނުގައި ޙަރާމް ކަމެއް ކަމަށާއި رسول الله صلي الله عليه وسلم ގެ ޙަދީޘްގައި ވަނީ " ހައްޤަކާއި ނުލައި މީހަކު މެރުމަށް ކަނޑި އުފުލައިފި މީހަކީ ތިމަން ރަސޫލާގެ އުންމަތުގެ ތެރެއިންވާ މީހަކު ނޫންކަމަށަށެވެ.

ޤިޞާސް ހިފުމަކީ އިންސާނުގެ ދިރިހުރުމުގެ ޙައްޤު ޙިމާޔާތް ކުރުމަށް އިސްލާމް ދީނުގައި ފަރުޟުކުރައްވާފައިވާ ކަމެއް ކަމަށާއި ޣައިރު މުސްލިމުންވެސް މަރަށް މަރު ހިފާކަމަށާއި އެއީ އެމީހުންނަށް އެކަން ޤަބޫލުކުރެވޭތީ ކަމަށް ޝައިޚް ޢަޒީޒު ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.