ރާއްޖޭގެ ޚަބަރު ވެރިކަމުގެ ފާއިތުވި ހަ މަސް ދުވަހު މަޖިލީސް އޮތީ "ޕެރަލައިޒް" ކޮށްލާފައި: އެމްޑީޕީ

ވެރިކަމުގެ ފާއިތުވި ހަ މަސް ދުވަހު މަޖިލީސް އޮތީ "ޕެރަލައިޒް" ކޮށްލާފައި: އެމްޑީޕީ

ވެރިކަމުގެ ފާއިތުވި ހަ މަސް ދުވަހު މަޖިލީސް އޮތީ "ޕެރަލައިޒް" ކޮށްލާފައި: އެމްޑީޕީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން

ޑރ މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގެ ފާއިތުވި ހަ މަސް ދުވަހު ރައްޔިތުން މަޖިލީސް އޮތީ " ޕެރަލައިޒް" ކޮށްލާފަކަމަށް އެމްޑީޕީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބަދަލުވުމުގައި އެ ޕާޓީން ބުނެފިއެވެ.

މީގެއިތުރުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުމެއްގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ނައިބު ލީޑަރު، ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވީ މަޖިލީހުގެ އަޣްލަބިއްޔަތު އިދިކޮޅު ފަރާތްތަކުން ކޮންޓްރޯލް ކުރާއިރު، ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި އެ ތަނުގައި އުފެއްދުންތެރި މަސައްކަތެއް ނުކުރެވޭ ކަމަށާއި މަޖިލީހުގެ ކޮމެޓީތައް އެކުލަވާލުން ވެސް މިހާރު ގޮންޖެހުމަކަށް ވެފައިވާ ކަމަށެވެ.

އިއްޔެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ  ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މިހާރުގެ ސަރުކާރަށް އެއްވެސް ކަމެއްގައި އެއްބާރުލުން ނުދޭން ނިންމާފައެވެ.

ސަރުކާރަށް އެއްބާރުލުން ނުދޭނަކަމަށް އިޝާރާތް ކުރައްވާ އަލީ ވަހީދު ވިދާޅުވީ ފެބުރުއަރީ ހަތަކުން ފެށިގެން މި ގައުމު ވަނީ ހުއްޓިފައިކަމަށާއި މިހާ ހިސާބުން ދެން އަޅުގަނޑުމެން އަތް އުރާލީކަމަށެވެ. މީގެއިތުރުން އޭނާ ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ތަޅުމުގައި ވެސް މިތިބެނީ މުޒާހަރާގައިކަމަށާއި އަދި އަޅުގަނޑުމެންގެ 29 މެމްބަރުން މަޖިލީހުން ނެރެންޖެހޭނީ ހައްޔަރުކޮށްގެންކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ މެމްބަރުން، މި ފަދަ ކަމެއް ކުރުމަށް ނިންމީ، ދައުލަތުގެ ބަޖެޓުން ބޭކާރު ހަރަދުކޮށް، ބަޖެޓް ހުސްވެ ރައްޔިތުންގެ އަތުން ފައިސާ ނަގަން ނިންމުމުން ކަމަށެވެ. އަދި މަޖިލިސް ތެރޭގައި ހިނގާ ކަންތައްތައް ހައްލުނުވާ ނަމަ، މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މަގާމުން ދުރަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު، ހިންނަވަރު ދާއިރާގެ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ، ސަރުކާރުން ގާނޫނާއި ގަވައިދާ ހިލާފަށް ގިނަ ކަންތައްތަކެއް ކުރާ ކަމަށާއި، އެ ކަންތައް ތަންފީޒުކުރުމަށް އެމްޑީޕީން އެއްބާރުލުން ނުދޭނެ ކަމަށެވެ.

އެމްޑީޕީ އިން މިހެންބުނެފައިވާއިރު މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ވަނީ ކުރިޔަށް ނުގެންދެވިގެން ހުއްޓާލައިފައެވެ. އަދި ބައެއް މީޑިއާ ޚަބަރުތައް ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ ނިޒާމު ގެއްލި މަޖިލީހުގެ ޖަލްސާތައް ބޭއްވޭ ގޮތް ނުވުމުން، މުއްދަތެއް ނެތް ގޮތަށް މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލަން މިހާރު ވަނީ  ނިންމާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.