ރާއްޖޭގެ ޚަބަރު ރާއްޖޭގެސިޔާދަތު ރައްކާތެރިކުރުމަށް ހުރަސް އަޅަން މަސައްކަތްކުރާ ބޭރުގެ ފަރާތްތަކުގެ ފިއްތުންތަކަށް ނުބެލުމަށް ޢަދާލަތު ޕާޓީއިން ސަރުކާރަށް ގޮވާލައިފި

ރާއްޖޭގެސިޔާދަތު ރައްކާތެރިކުރުމަށް ހުރަސް އަޅަން މަސައްކަތްކުރާ ބޭރުގެ ފަރާތްތަކުގެ ފިއްތުންތަކަށް ނުބެލުމަށް ޢަދާލަތު ޕާޓީއިން ސަރުކާރަށް ގޮވާލައިފި

ރާއްޖޭގެސިޔާދަތު ރައްކާތެރިކުރުމަށް ހުރަސް އަޅަން މަސައްކަތްކުރާ ބޭރުގެ ފަރާތްތަކުގެ ފިއްތުންތަކަށް ނުބެލުމަށް ޢަދާލަތު ޕާޓީއިން ސަރުކާރަށް ގޮވާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އަދާލަތު ޕާޓީގެ ކޮންފަރެސްގެ ތެރެއިން | ދިއިސްލާމް ފޮޓޯ : އިސްމާއީލް އަފްރާހް

ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ނަގަހައްޓައި ސިޔާދަތު ރައްކާތެރި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ވަކި ބައެއްގެ އެޖެންޑާ ހިފައިގެން އައިސް ރާއްޖޭގެ ދާޚިލީ ކަންތަކާއި ބެހުމަށް މަސައްކަތްކުރާ ބޭރުގެ ފަރާތްތަކުގެ ފިއްތުންތަކަށް ނުބެލުމަށް ޢަދަލަތު ޕާތިއިން ސަރުކާރަށް ގޮވާލައިފިއެވެ.

ރޭ ދަންވަރު އަނިޔާވެރި ގޮތުގައި ޤަތުލުކޮށްލި ފުލްސް ލާންސް ކޯޕްރަލް އާދަމް ޙަލީމު ޤަތުލުކޮށްލުމާއި ގުޅިގެން ޢަދާލަތު ޕާޓިއިން ޢާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ  ފުލުހުންގެ ބޭފުޅުންނަށް މިފަހަކަށްއައިސް ކެނޑިނޭޅި ދެމުންގެންދާ ޙަމަލާ ތަކަކީ އެމް.ޑީ.ޕީގެ އިސްވެރިންނާއި އަދި ދީނީ ޢިލްމަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ފުލުހުންނަކީ ބާޣީން ކަމުގައްޔާއި ރިޝްވަތު ހިފާ ބައެއްކަމުގައި ތަކުރާރުކޮށް ބުނެ ދޮގު ޚަބަރުތައް ފަތުރައި، އެމީހުންގެ ބަހަށް ހެއްލޭ މީހުންގެ ސިކުނޑި ތަކުގައި ފުލުހުންނާއި އަދި ގައުމުގެ ސަލާމަތީބާރުތަކާއި މެދު ނަފުރަތާއި ރުޅިވެރިކަން އުފެއްދުމަށްޓަކައި ކެނޑިނޭޅި ކުރަމުން ގެންދާ މަސައްކަތުގެ ސީދާ ނަތީޖާ ކަމަށެވެ.

އަދި  އެމް.ޑީ.ޕީ ގެ އިސްވެރިން ވަނީ ފުލުހުންނަށް ޙަމަލާ ދިނުމަށް ފާޅުގައި ގޮވައި ހިތްވަރު ދީފައިވާ ކަމަށާއި ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި މަސައްކަތްކުރާ އެމް.ޑީ.ޕިގެ ނުބައި އަދި ނުރައްކާތެރި ޕްރޮޕެގެންޑާ ފެތުރުމުގެ މަސައްކަތްކުރާ “ރާއްޖެ ޓީވީ” އިން ރޭގައިވެސް ފުލުހުންގެ ބޭކަލުންގެ ބޮލުގައި ވައްކަމުގެ ތުހުމަތު އަޅުވައި ދޮގު ޚަބަރު ފަތުރާފައިވާކަން ފާހަނަގަ ކުރާ ކަމަށް ޢަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

ޢަދާލަތު ޕާޓީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގައި އިތުރުވަމުންމިދާ މީހުން މެރުމުގެ ނުބައި ޢަމަލު ހުއްޓުމަކަށް ގެނެވޭނީ އެކަން ކުރާ މުޖުރިމުންނަށް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙައްގު އަދަބު ދެވިގެންކަމަށާއި ނުޙައްގުން އިންސާނަކު މަރާލުމުން ލިބޭ އަދަބަކީ ދުވަސްކޮޅަކު ޖަލުގައި އުޅެލުމަށްފަހު، މިނިވަންވުން ކަމުގައިވުމުގެ ބަދަލުގައި އެޖަރީމާގެ އަދަބަކީ މެރުން ކަމުގައި ވާނަމަ  މުޖުރިމުން މިފަދަ ޢަމަލެއް ކުރުމުގެ ކުރީން ދެފަހަރަށް ވިސްނަން މަޖުބޫރު ވާނެކަމަށެވެ.

 މަރުގެ ޙުކުމް ތަންފީޒު ކުރުމަށް އެޅިފައިވާ ހުރިހައި ހުރަހެއް ނައްތާލެއްވުމަށް ރައްޔިތުންގެ މަޖިލީހަށާއި ކަމާއި ބެހޭ އެންމެހާ ފަރާތްތަކަށް ޢަދަލާތު ޕާޓީއިން ގޮވާލައިފައެވެއެވެ.

މަރުގެ ޙުކުމް ތަންފީޒު ކުރުމަށް އެޅިފައިވާ ހުރިހައި ހުރަހެއް ނައްތާލެއްވުމަށް ރައްޔިތުންގެ މަޖިލީހަށާއި ކަމާއި ބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.