ރޯދައިގެ ޙުކްމްތަކާއި ރޯދައިގެ އިރުޝާދުތައް ހިމެނޭ ގޮތަށް 'ރޯދައިގެ އިރުޝާދު' މިމަޢުލޫއަށް ތައްޔާރުކޮށްފައިވާ ފޮތެއްހިލޭ ބެހުމަށްޓަކައި ކުރިއަށް އޮތް ހަތަރު ދުވަހުގެ ތެރޭގައި ނެރޭނެކަމަށް ޖަމްޢިއްޔަތުއް ސަލަފުން ބުނެފިއެވެ.
އެޖަމްޢިއްޔާގެ ވެބުސައިޓްގައި ޢާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޖަމްޢިއްޔަތުއް ސަލަފްގެ ޢިލުމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހިމް ލިޔުއްވާފައިވާ ފޮތުގެ ފަންސާސް ހާސް ކޮޕީ މުޅި ރާއްޖެއަށް ހިލޭ ބެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިފްތް ހިލޭ ބެހުމާއި ބެހޭ ގޮތުން ޖަމްޢިއްޔަތުއް ސަލަފްގެ ރައީސް ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމްއާ ހަވާލާދީ ޖަމްޢިއްޔަތުއް ސަލަފްގެ ވެބުސައިޓްގައި ބުނެފައިވަނީ ރާއްޖޭގެ ރަށްރަށުގެ ރަށު ކައުންސިލުތަކުން ނުވަތަ ޖަމްޢިއްޔާތަކުން ޖަމްޢިއްޔަތުއް ސަލަފަށް ގުޅުއްވުމުން އެރަށެއްގެ އާބާދިއަށް ބަލައި މިފްތް ދިނުމަށް ހަމޖެހިފައިވާ ކަމަށެވެ.
"މިފޮތަކީ ހިލޭ ބެހުމަށްޓަކައި ބައެއް ހެޔޮމުޙްސިނުންގެ އެހީތެރިކަން ލިބިފައިވާ ފޮތެއް، އަޅުގަނޑުމެން މުޅިރާއްޖޭގެ އެކިކަންކޮޅުތަކަށް ޢާއްމުވާނޭފަދަގޮތަކަށް މިފޮތް ބެހުމަށްވަނީ ނިންމާފައި، އެހެންވީމައި ހަމަޖެހޭ ރަނގަޅު އުޞޫލެއްގެދަށުން މިފޮތް ބަހަން ބޭނުންވަނީ، އެގޮތުން ރާއްޖޭގެ ރަށްރަށުގެ ކައުންސިލްތަކުން ނުވަތަ ޖަމްޢިއްޔާތަކުން ޖަމްޢިއްޔަތުއްސަލަފަށް ގުޅުއްވުމުން އެރަށެއްގެ އާބާދީއަށް ބަލާފައި މިފޮތް އިންޝާﷲ ދެވޭނެ" ޖަމްޢިއްޔަތުއް ސަލްފްގެ ރައީސް ޢބްދުﷲ ބިން މުޙައމްދު އިބްރާހިމް އެޖްމްޢިއްޔާގެ ވެބުސައިޓަށް ދީފައިވާ އިންޓަވިއުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުންރާއްޖެތެރޭގައި ތިއްބަވާ އަޚުންނާއި އުޚްތުންވެސް ޖަމްޢިއްޔަތުއްސަލަފްގެ ފޯނުނަމްބަރާ ގުޅުއްވައި ނުވަތަ އީމޭލް ގެ ޒަރީޢާއިން ވެސް ފޮތްހޯއްދެވުމުގެ އިންތިޒާމް ހަމަޖެއްސޭނޭ މަގު ތަނަވަސްކޮށްދެއްވާނޭކަމަށް ޖްމްޢިއްޔަތުއް ސލަފުން ބުނެއެވެ.
ޖަމްޢިއްޔަތުއް ސަލަފުން އިތުރަށް ބުނެފައިވަނީ މިފުރުޞަތުގައި ފޮތް ލިއުއްވާފައިވާ ޝައިޚް އަޙްމަދު ސަމީރަށާއި ފޮތް ވުޖޫދަށް ގެނައުމުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް މުއައްލިފުގެ ނަމުގައި ޖަމްޢިއްޔަތުއްސަލަފުން ޝުކުރުއަދާކުރާކަމަށާއި ޚާއްޞަކޮށް މުރާޖިޢާ ކުރެއްވި ބޭފުޅުންނަށާއި، އަދި ފޮތްނެރުމުގެ ޚަރަދުތައް ހަމަޖައްސަވައިދެއްވި ފަރާތްތަކަށް މިއީ އެބޭފުޅުންގެ ހެޔޮކަމުގެ މީޒާނުގައި ދެމިގެންދާ އަދި ބުރަދަންހުރި ޢަމަލެއްކަމުގައި މާތް ﷲ މިންވަރުކޮށްދެއްވުމަށް އެދޭކަމަށެވެ.
މިފޮތް ހޯއްދެއްވުމަށް ޖަމްޢިއްޔަތުއްސަލަފުގެ އޮޕަރޭޝަން މެނޭޖަރ އަލްއަޚް ޢަލީ ރަމީޒު ބިން ޤާސިމް 7774477 އަދި ޖަމްޢިއްޔަތުއްސަލަފުގެ އެޑްމިނިސްޓްރޭޓިވް ސެކެޓްރީ އަލްއަޚް މުޙައްމަދު ތަސްލީމް 9965666 ގުޅައިގެން ކުރިއަށް ގެންދިއުމަށް ޖަމްޢިއްޔަތުއް ސަލަފް އެދެއެވެ. އީމެއިލް ކުރައްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުމަށް ސަލަފުން އެދެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...