ރާއްޖޭގެ ޚަބަރު މުދައްރިސުންނަށް މަޖުބޫރުކޮށްގެން، ސްޓޭޖް ޝޯގައި ބައިވެރިކުރުވާތީ އެކަމާދެކޮޅަށް ނުރުހުން ފާޅުކޮށްފި

މުދައްރިސުންނަށް މަޖުބޫރުކޮށްގެން، ސްޓޭޖް ޝޯގައި ބައިވެރިކުރުވާތީ އެކަމާދެކޮޅަށް ނުރުހުން ފާޅުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

މުދައްރިސުންނަށް މަޖުބޫރުކޮށްގެން، ސްޓޭޖް ޝޯގައި ބައިވެރިކުރުވާތީ އެކަމާދެކޮޅަށް ނުރުހުން ފާޅުކޮށްފިއެވެ.

މުދައްރިސުން ތަމްރީން ކުރުމުގެ ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން، މިމަހު 10 ވަނަ ދުވަހު އޮލިމްޕަހުގައި އޮންނަ ކޮންސެޓްގައި ޓީޗަރުން ބައިވެރިވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ޓީޗަރުންނަށް އިންޒާރުދެމުންދާތީވެ، އެކަމާއި ދެކޮޅަށް އަޑު އުފުލުމަށްޓަކައި ޓީޗާސް އެސޯސިއޭޝަނުން ރޭގައި އިސްކަންދަރު ސްކޫލުކުރިމަތީގައި އަޑުއުފުލައިފިއެވެ.

މިމަހު 10 ދުވަހުގެ ކޮންސެޓްގެ ރިހާސަލް އިސްކަންދަރު ސްކުޅުގައި ހިގަމުންދަނިކޮށް، ޓީޗަރުންނަށް ބިރުދައްކާ އިންޒާރު ދިނުން ހުއްޓާލުމަށްގޮވާލާ ޓީޗާސް އެސޯސިއޭޝަނުން މުޒާހަރާކޮށްފައިވަނީ، ވަރަށް ގިނަ ޓީޗަރުން މިކަމާއި ދެކޮޅަށް އަޑުއުފުލުމަށް އެދެމުންދާތީކަމުގައި ޓީޗާސް އެސޯސިއޭޝަނުން ހާމަކުރައްވައެވެ. އަދި ޓީޗަރުންނަށް މިކޮންސެޓްގައި ބައިވެރިނުވެއްޖެނަމަ، ބައެއްސުކޫލުތަކުގެ ވެރިންގެ ފަރާތުން، ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރު ދެމުންދާކަމަށް ޓީޗާރސް އެސޯސިއޭޝަނުން ހާމަކުރައްވައެވެ. އަދި މިކަމުގައި ބައިވެރިނުވާ ސްކޫލުތަކުގެ ޓީޗަރުންނަށް އަންނަ އަހަރުގެ ތަޢުލީމީ ފަންޑުން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބޭނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީއިން އަންގާފައިވާކަމަށެވެ.

ޓީޗަރުން ތަމްރީންކުރުމުގެ ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން، މިމަހުގެ 10 ވަނަދުވަހުގެ ރޭ މުދައްރިސުންނަށް މަޖުބޫރުކޮށްގެން  އޮލިމްޕަހުގައި އޮންނަ ކޮންސެޓް ބާއްވާ ރޭގައިވެސް މިކަމާއި ދެކޮޅަށް އަޑު އުފުލުމަށް ހަމަޖެހިފައިވާކަމަށް ޓީޗާސް އެސޯސިއޭޝަނުން ހާމަކުރައްވައެވެ. އަދި އެއްވުމުގައިވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް ޓީޗަސް އެސޯސިއޭސަނުން ގޮވާލައެވެ.

ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިޝޯގައި މާލޭގެ އެންމެ ބޮޑު ސުކޫލްކަމުގައިވާ މަޖިދިއްޔާއިން މިކަމުގައި ބައިވެރިނުވާ ގޮތައްވަނީ ނިންމާފައެވެ. މިތަނަށް ދިޔަ މާލޭގެ ބޮޑު ސުކޫލެއްގެ މުދައްރިސަކު ދިއިސްލާމަށް ހާމަކުރެއްވިގޮތުގައި، އޭނާއަށް މިކަމުގައި ބައިވެރިވުމަށް މަޖުބޫރު ކުރަމުން ދާކަމަށާއި ބައިވެރިނުވެއްޖެނަމަ ޓީޗަރުން ތަމްރީނުކުރުމަށްހިންގާ ޕްރޮގްރާމްގައިވެސް ބައިވެރިނުކުރާނެކަމަށްބުނެ އިންޒާރު ދީފައިވާ ކަމަށް އޭނާ ބުންޏެވެ.

ޓެގް

ލާދީނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.