ފޮޓޯ ގެލަރީ: 1433 ވަނަ އަހަރުގެ ރަމްޟާން މަހުގެ ހަދު ސާބިތު ކުރުމުގެ ޖަލްސާ
މާދަމައަކީ 1433 ވަނަ އަހަރުގެ ރަމްޟާން މަހުގެ އެއްވަނަ ދުވަހެވެ.
ހަނދު ސާބިތު ކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ހަނދާއި ބެހޭ ބަޔާން އިއްވަވަމުން އިސްލާމިކް މިނިސްޓްރީގެ ޑިޕިޔުޓީ މިނިސްޓަރ އަލްއުސްތާޛު އަސަދުﷲ ޥާފީ އަޙްމަދު ވިދާޅުވީ ދިވެހިރާއްޖޭގެ އެއްވެސް ހިސާބަކަށް ރަމްޟާން މަހުގެ ހަނދު ފެނިފައިނުވާކަމަށާއި ނަމަވެސް އިސްލާމީ ބައެއް ޤައުމުތަކަށް މިއަހަރުގެ ރަމްޟާން މަހުގެ ހަނދު ފެނިފައިވާ ކަމަށެވެ.
އެހެން ކަމުން ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މާދަމާ 20 ޖުލައި 2012 ވާ ހުކުރު ދުވަހަކީ މިއަހަރުގެ ރަމްޟާން މަހުގެ އެއްވަނަ ދުވަސް ކަމަށް ޑެޕިޔުޓީ މިނިސްޓަރ ވިދާޅުވިއެވެ.
[end/]
[time] 10:54 [/time] ޤާރީ ޝިފާޢު ގެ ޤުރުއާން ކިޔަވުމުން ޖަލްސާ ނިމިއްޖެ
[time] 10:45 [/time] އަލްޤާރީ އިބްރާހިމް ޝިފާއު ކީރިތި ޤުރުއާން ކިޔަވައި ވިދާޅުވަމުން ގެންދަވަނީ
[time] 10:41 [/time] ރަމްޟާން މަހު ބާޒާރުގެ އަގުތައް މައްޗަށް އުފުލަ ނުދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވެއްޖެ
[time] 10:40 [/time] މިރަމްޟާން މަހު ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އަތޮޅުތެރޭގައިވެސް ބޭރުގެ ޢިލުމުވެރިން ޙަރަކާތްތެރިވެލައްވާނެކަމަށް ރައީސް ވިދާޅުވެއްޖެ
[time] 10:38 [/time] ރަމްޟާން މަސް ހެޔޮ ގޮތުގައި ހޭދަކުރެއްވުމަށް ރާއްޖޭގެ ރައްޔިތުނަށް ރައީސްލުޖުމުހޫރިއްޔާ ގޮވާލައްވައިފި
[time] 10:36 [/time] ރާއްޖޭގެ ރައްޔިތުންނަށާއި ބައިނަލްޢަޤުވާމީ އިސްލާމީ ޖަމްޢިއްޔާތަކަށް ރައިސްލުޖުމުހޫރިއްޔާ ރަމްޟާން މަހުގެ ތަހުނިޔާ ވިދާޅުވެއްޖެ
[time] 10:35 [/time] ރައިސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަޙިދު ހަސަން މަނިކު ވާހަ ދައްކަވަން ފަށައިފި
[time] 10:31 [/time] ގިނަ ޢަދަދެއްގެ ހަށި ވިއްކާތަން ތަން ސަރުކާރުން ބަންދުކޮށްފައިވާ ކަމަށާއި، އެކަމުގައި ހަރަކާތްތެރިވި ބަޔަކު ބަންދުކޮށް ޑީޕޯޓްކޮށްފައިވާ ކަމަށް މިނިސްޓަރ ޝަހީމު ވިދާޅުވި
[time] 10:29 [/time] މަގު މަތީގައި އަޑުގަދަ ނުކުރުމަށާއި މިސކިތްތަކުގައި އަޅުކަން ކުރަން ތިބޭ މީހުންނަށް އުނދަގުވާނެ ފަދަ ޢަމަލުތައް ނުކުރެއްވުމަށް އިސްލާމިކް މިނިސްޓަރ ގޮވާލައްވައިފި
[time] 10:24 [/time] ހަނދާއި ބެހޭ ބަޔާން އިއްވައި ނިންމަވައިފި
[time] 10:23 [/time] ރަމްޟާން މަހުގެ އެއްވަނަ ދުވަހަކީ މަދަމާ ކަމުގައި ނިންމަވައިފި. ހަނދު ސާބިތުކުރާ ކޮމިޓީން މި ގޮތަށް ނިންމީ އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ސާބިތުވެފައި ވާތީ. ކޮމިޓީން ނިންމީ މަގޫދު އަށް ފެނުނު ހަނދު ސާބިތު ނުވާ ކަމަށް. އެއީ އެ މީހުންނަށް ހަނދު ފެނުނު ކަމަށް ބުނަނީ އިރުއޮއްސުމުގެ ކުރިން ކަމަށް ވާތީ. ހަނދު ސާބިތު ވާނީ އިރުއޮއްސޭ ފަހުން ފެނިގެން.
[time] 10:20 [/time] ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު ވަޙިދު ޙަސަން މަނިކު ޖަލްސާއަށް ވަޑައިގެންފި
[time] 10:18 [/time] ޤާރީ ޖަލީލު ޤުރުއާން ކިޔެވުން ނިމިއްޖެ
[time] 10:16 [/time] ޤާރީ ޢަބްދުލް ޖަލީލު ޤުރުއާން ކިޔަވައި ވިދާޅުވަމުން ގެންދަވަނީ ސޫރަތުލް ޤަދުރު
[time] 10:15 [/time] އަލްޤާރީ ޢަބްދުލް ޖަލީލު އިސްމާއިލްގެ ޤުރުއާން ކިޔެވުން ފެށިއްޖެ
[time] 10:13 [/time] ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވާހަކަ ދެއްކެވީ ﷲ ގެ މަގުގައި ހޭދަ ކުރުމުގެ މާތް ކަމުގެ މައްޗަށް
[time] 10:12 [/time] ޑރ. އިބްރާހިމް ޒަކަރިއްޔާ ވަހަކަ ދައްކަވައި ނިމިއްޖެ
[time] 10:05 [/time] ފ. މަޤުދޫއަށް ހަނދު ފެނިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރީއިން ބުނޭ. އެނގިފައިވާ ގޮތުގައި މަގޫދޫގައި ހަތް މީހަކު މިރޭ ވަނީ ހަނދު ފެނުނު ކަމަށް އެ ރަށު ކޯޓުގައި ހެކިބަސް ދީފައި.
[time] 10:04 [/time] އަލްޤާރީ އަޙްމަދު ތަޢުފީޤު ކިޔަވާ ވިދާޅުވުމުން، އާޔަތްތަކުގެ އަލީގައި ވާހަކަ ދައްކަވަމުން ގެންދަވަނީ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ
ޖަލްސާގައި ތިން ޤާރީއެއް ޤުރުއާން ކިޔެވުން ހަމޖެހިފައިވޭ،
އެގޮތުން އަލްޤާރީ އަޙްމަދު ތަޢުފީޤު، އަލްޤާރީ އިބްރާހިމް ޝިފާޢު، އަލްޤާރީ ޢަބްދުލް ޖަލީލު އިސްމާއިލް
ހަނދު ސާބިތު ކުރުމަށް ބާއްވާ ޖަލްސާ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމްގައި ކުރިއަށް އެބަދެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...