މަހަލްދީބު ފައުންޑޭޝަނާއި ރޭޑިއޯ އެޓޯލް ގުޅިގެން ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް މިރޭ އޮންނާނެ ކަމަށް މަހަލްދީބު ފައުންޑޭޝަނުން ބުނެފި އެވެ.
އެފައުންޑޭޝަނުން ބުނީ މިރޭ 22:00 ގައި ފެށުމަށް ހަމަޖެހިފައިވާ ޕްރޮގުރާމްގެ ނަމަކީ "ދީނާއި މުޖުތަމަޢު" ކަމަށެވެ. އަދި މި ޕްރޮގްރާމް ކުރިއަށްދާނީ ކޮންމެ ހަފްތާއަކު އަންގާރަ ދުވަހުގެ ރޭ 22:00 ން 23:00 އަށް ކަމަށާއި، ކޮންމެ ހަފުތާއެއްގެ ޕްރޮގުރާމްގައިވެސް ޚާއްޞަ މައުޟޫއެއް ކަނޑައަޅައިގެން އެމައުޟޫއަށް އަލިއަޅުވާލައިގެން ކަމަށެވެ.
އޮގޮތުން މިރޭގެ ޕްރޮގުރާމްގެ މައުޟޫއަކީ "ރަމަޟާން މަހަށް އިސްތިޤުބާލުކުރުން" ކަމަށާއި މިރޭގެ ޕްރޮގުރާމްގައި ބައިވެރިވެ ވަޑައިގަންނަވާނީ ޝައިޚް މުޙައްމަދު އިޔާޟު ޢަބުދުއްލަޠީފް ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.
އެ ޖަމްޢިއްޔާގެ އޮފިޝަލަކު ވިދާޅުވީ އަންނަ ހަފްތާގެ ޕްރޮގުރާމަށް ކަނޑައަޅާފައިވާ މައުޟޫއަކީ "ކީރިތި ޤުރުއާނަށް ޢަމަލުކުރުން" ކަމަށެވެ. އަދި އަންނަ ހަފްތާގެ ޕްރޮގުރާމްގައި ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ޝައިޚް ހައިޘަމް މުޙައްމަދު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މި ޕްރޮގުރާމް ހުށަހަޅައިދޭނީ ޝައިޚް ޢަބްދުލް ހާދީ ޙުސައިންގެ އިތުރުން މުޙައްމަދު ސަޢިދު އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...