'ރޯދައިގެ އިސްތިޤުބާލް' މިމަޢުލޫއަށް ޖަމްޢިއްޔަތުއް ސަލަފުން އިންތިޒާމުކޮށްގެން ބާއްވާ އައްޝައިޚް އާދަމް ޝަމީމުގެ ދަރުސް ރޭޑިއޯ އެޓޯލްއިން ލައިވްކުރުމަށް ހަމަޖެހިފައިވާކަމަށް ޖަމްޢިއްޔަތުއްސަލަފުން ބުނެފިއެވެ.
މިދަރުސް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވާ ޖަމްޢިއްޔަތުއް ސަލަފްގެ އޮފިޝަލް ވިދާޅުވީ ދަރުސް ރޭޑިއޯ އެޓޯލްއިން ލައިވު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ލައިވް ކުރެވޭނެކަމުގެ ވަރަށް ބޮޑު އުއްމިދެއް އެބައޮތްކމަށެވެ.
މިދަރުސް އޮންނާނީ މިރޭ 8:45 ގައި އިސްލާމީ މަރުކަޒުގެ ނަމާދު ކުރާ ބައިގައެވެ.
އޮފިޝަލް ވިދާޅުވީ މިދަރުސް އަޑުއެހުމަށްޓަކައި ވަޑައިގަތުމުގެ ފުރުޞަތު އަންހެން ބޭފުޅުންނަށްވެސް އިންތިޒާމު ކުރެވިފައިވާ ކަމަށެވެ.
އެގޮތުން މިސްކިތުގެ ތިން ވަނަ ބުރި އަންހެން ބޭފުޅުންނަށް ހަމަޖެހިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...