ރާއްޖޭގެ ޚަބަރު ޙައްޤަކާއި ނުލައި މީހުން މެރުމުގެ ވަބާއަށް ކީރިތި ޤުރުއާން ފިޔަވައި އެހެން އެއްވެސް ބޭހަކުން ފަރުވާއެއް ނުލިބޭނެ: ޑރ. ޤުބާދު

ޙައްޤަކާއި ނުލައި މީހުން މެރުމުގެ ވަބާއަށް ކީރިތި ޤުރުއާން ފިޔަވައި އެހެން އެއްވެސް ބޭހަކުން ފަރުވާއެއް ނުލިބޭނެ: ޑރ. ޤުބާދު

ޙައްޤަކާއި ނުލައި މީހުން މެރުމުގެ ވަބާއަށް ކީރިތި ޤުރުއާން ފިޔަވައި އެހެން އެއްވެސް ބޭހަކުން ފަރުވާއެއް ނުލިބޭނެ: ޑރ. ޤުބާދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ރާއްޖޭގައި މިހާރު ފެތުރިގެން މިއުޅޭ ވަބާ މީހުން ފަނާކޮށް ނެތިކޮށްލުމުގެ ވަބާ، މިވާބާއަށް ކީރިތި ގުރުއާން ފިޔަވައި އެހެންއެއްވެސް ބޭހަކުން ފަރުވާއެއް ނުލިބޭނެކަމަށް އިސްލާމިކް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ ޑރ. މުޙައްމަދު ޤުބާދު ޢަބޫބަކުރު ވިދާޅުވެއްޖެއެވެ.

ކީރިތިޤުރުއާނާއި ބެހޭ މަރުކަޒުން ހިންގާފައިވާ ކޯސްތަކުން ފާސްވި ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވުމަށް ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަ ފުޅުގައި ޑރ. ޤުބާދު ވިދާޅުވީ "ކީރިތި ޤުރުއާނަކީ އަޖައިބެއްކަހަލަ ފޮތެއްކަމަށާއި އެފޮތާއި އެއްގޮތަށްއަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓައިފިނަމަ ޖަމީނުކަން ލިބޭނެ" ކަމަށެވެ. އަދި "މިފޮތުން މޫނު އަނބުރައިލާ މީހާއަށް ދުނިޔެއާއި އޚިރަތުގެގައިވެސް ގެއްލުން ހުރިކަން" ބަޔާންކޮށް ކީރިތި ޤުރުއާނުން ވަނީ ދަލީލު ދައްކަވާފައެވެ.

"އެފޮތުގެ ޙުކުމްތައް އަޅުގަނޑުމެން ޖެހޭނެ ތަންފީޒު ކުރަން. މިހާރު އަޅުގަނޑުމެންގެތެރޭގައި ފެތުރިގެން މިއުޅޭ ވަބާ. މީހުން މެރުމުގެ ވަބާ މީހުން ފަނާކޮށް ނެތިކޮށްލުމުގެ ވަބާ. އެވަބާގެ ފަރުވާ އޮތީ މިފޮތުގައި. އެހެން އެއްވެސް ބޭހަކުން ދަވާ އަކުން އެއަށް ފަރުވާއެއް ނުދެވޭނެ. އެއްވެސް ލެބޯޓަރިއަކުން އެހެންއެއްވެސް ފާމަސީއަކުން މިވަބާއަކަށް ފަރުވާއެއް ނުދެވޭނެ. މިވަބާގެ ފަރުވާ ވަނީ މިފޮތުގައި [ކީރިތި ޤުރުއާނުގައި]" ޝައިޚް ޤުބާދު ވިދާލުވިއެވެ.

ރޭގެ ޖަލްސާގައިވަނީ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ހަތަރު ކޯހެއް ނިންމި 300 ވުރެ ގިނަ ދަރިވަރުންނަށް ކޯސް ނިންމި ކަމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

އަދި އެމަރުކަޒުންހިންގި ލެވަލް 3 އަދި ޤުރުއާން އެޑްވަންސް ޓީޗިންގ ކޯހުން ވަނަ ވަނަ އަށް ދިޔަ ފަރާތްތަކަށްވެސް އިނާމު ވަނީ ދީފައެވެ.

ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު މިހާރު ހުޅުވާލެވިފައިވާ ކަމަށް އެމަރުކަޒުން ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.