ރާއްޖޭގެ ޚަބަރު މޯލްޑިވުސް ޕަލަސްޓައިން ބްރަދަރ ހުޑް އެސޭސިއޭޝަން (އެމްޕިބިއޭ) އިފްތިތާޙް ކޮށްފި

މޯލްޑިވުސް ޕަލަސްޓައިން ބްރަދަރ ހުޑް އެސޭސިއޭޝަން (އެމްޕިބިއޭ) އިފްތިތާޙް ކޮށްފި

މޯލްޑިވުސް ޕަލަސްޓައިން ބްރަދަރ ހުޑް އެސޭސިއޭޝަން (އެމްޕިބިއޭ) އިފްތިތާޙް ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މޯލްޑިވުސް ޕަލަސްޓައިން ބްރަދަރ ހުޑް އެސޭސިއޭޝަން (އެމްޕިބިއޭ) އިފްތިތާޙް ކޮށްފިއެވެ.

ރޭ ކުއްލިޔަތަތުލް ދިރާސާޠިލް އިސްލާމިއްޔާގައި ބޭއްވި ރަސްމީޔާތެއްގައި މޯލްޑިވުސް ޕަލަސްޓައިން ބްރަދަރ ހުޑް އެސޭސިއޭޝަން (އެމްޕިބިއޭ) އިފްތިތާޙް ކޮށްދެއްވީ ފަލަސްޠީނުގެ އެމްބަސިޑަރ ޑރ. ޢަޤާއެވެ. ރޭގެ ހަފްލާގައި ވާހަކަ ދައްކަވަމުން ފަލަސްޠީނުގެ އެމްބަސިޑަރ ވިދާޅުވީ 'ފަލަސްތީނާއި ރާއްޖެ ރައްޔިތުންނާއި މެދު އަބަދުވެސް އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށާއި އެކަމަށްޓަކައި އުފާ ކުރާ' ކަމަށެވެ. އަދި މީގެ އިތުރުން އެމްބެސަޑާރ ވިދާޅުވީ 'މިއުފެދުނު ޖަމިއްޔާގެ ސަބަބުން އެގުޅުން އިތުރަށް ވަރުގަދަވާނެކަމަށް ޤަބޫލުކުރާކަމަށާއި މިޖަމިއްޔާގެ ނަމުގައިވާ 'ބްރަދަހުޑް' ހިމެނުމުން ރާއްޖެއާއި ފަލަސްތީނާއި މެދު އޮންނަ ގާތް އަޚުވަންތަގުޅުން ވަރަށް ބޮޑަށް ހާމަކޮށްދޭ"ކަމަށެވެ.

މޯލްޑިވުސް ޕަލަސްޓައިން ބްރަދަރ ހުޑް އެސޭސިއޭޝަން (އެމްޕިބިއޭ) ގެ އިފްތިތާޙީ ޖަލްސާގައި ޖަމިއްޔާގެ ފަރާތުން ޖަމިއްޔާގެ ރައީސް ޝެއިޚް ތައްޔިބު ވެސް ވާހަކަ ދެއްކެވިއެވެ. ޝެއިޚް ތައްޔިބުގެ  ވާހަކާގައި 'މިޖަމިއްޔާ އުފެދިގެން އައީ ވަރަށް ގިނަ ބައެއްގެ މިންނަތް މަސައްކަތުން ކަމަށާއި ޖަމިއްޔާއިން ކުރިއަށް އޮތް ތަނުގައި ތަފާތު ހަރަކާތްތައް ހިންގާނެ"ކަމަށެވެ.

މޯލްޑިވުސް ޕަލަސްޓައިން ބްރަދަރ ހުޑް އެސޭސިއޭޝަން (އެމްޕިބިއޭ) އިފްތިތާޙު ކޮށްދިނުމަށްފަހު އެޖަމިއްޔާއާއި ފަލަސްޠީނުގެ އެމްބަސީއާއި ގުޅިގެން ފޮޓޯ މައުރަޒެއްވެސް ވަނީ ހުޅުވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.