ރާއްޖޭގެ ޚަބަރު އެމްޕީބީއޭއާއި ފަލަސްޠީނުގެ ފޮޓޯ މައުރަޒު ފަލަސްޠީނުގެ އެމްބަސިޑަރ ހުޅުވައި ދެއްވައިފި

އެމްޕީބީއޭއާއި ފަލަސްޠީނުގެ ފޮޓޯ މައުރަޒު ފަލަސްޠީނުގެ އެމްބަސިޑަރ ހުޅުވައި ދެއްވައިފި

އެމްޕީބީއޭއާއި ފަލަސްޠީނުގެ ފޮޓޯ މައުރަޒު ފަލަސްޠީނުގެ އެމްބަސިޑަރ ހުޅުވައި ދެއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފަލަސްޠީނުގެ އެމްބަސިޑަރ ޑރ. ޢަޤާ ފޮޓޯ މައުރަޒުގައި ބަހައްޓާފައި ހުރި ފޮޓޯ ތަކާއި ބެހޭ ގޮތުން މަޢުލޫމާތު ދެއްވަނީ. ދިއިސްލާމް ފޮޓޯ: އަޝްވާގު

މޯލްޑިވުސް ޕަލަސްޓައިން ބްރަދަރ ހުޑް އެސޭސިއޭޝަން (އެމްޕީބީއޭ) އާއި ފަލަސްޠީނުގެ ފޮޓޯ މައުރަޒު ފަލަސްޠީނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އަންވަރުލް ޢަޤާ ހުޅުވައި ދެއްވައިފިއެވެ.

ރޭ ކުއްލިޔަތަތުލް ދިރާސާޠިލް އިސްލާމިއްޔާގައި ދިވެހިރާއްޖެ ފަލަސްޠީން އެކުވެރި އިއްތިހާދުގެ އިފްތިތާޙްކޮށްދެއްވުމަށް ބޭއްވި ޖަލްސާގައި ފަލަސްޠީނުގެ އެމްބަސިޑަރ ޑރ. ޢަޤާ ވަނީ ފޮޓޯ މައުރަޒުގައި ބަހައްޓާފައި ހުރި ފޮޓޯ ތަކާއި ބެހޭ ގޮތުން މަޢުލޫމާތު ދެއްވާފައެވެ. މިފޮޓޯ މައުރަޒަކީ ފަލަސްޠީނުގެ އެމްބަސީއާއި ގުޅިގެން ހުޅުވާފައިވާ ފޮޓޯ މައުރަޒެއްކަމަށް އެމްޕީބީއެއިން ހާމަކުރައްވައެވެ.

ރޭގެ މިޖަލްސާގައި އިސްރާއިލުގެ ތާރީޚާއި އެޤައުމުން ފަލަސްޠީނުގެ މުސްލިމުންގެ ބިންތައް ހިފުމަށް މަސައްކަތްކުރިގޮތްވެސް ޖަލްސާގައި މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.

ރޭގެ މިޖަލްސާގައި އިސްލާމިކް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ ޑރ. މުޙައްމަދު ޤުބާދު ޢަބޫބަކުރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.