ރާއްޖޭގެ ޚަބަރު ފަލަސްޠީނުގެ އެމްބަސީއާއި އެމްޕީބީއޭ ގުޅިގެން ފޮޓޯ މައުރަޒެއް ބާއްވަނީ

ފަލަސްޠީނުގެ އެމްބަސީއާއި އެމްޕީބީއޭ ގުޅިގެން ފޮޓޯ މައުރަޒެއް ބާއްވަނީ

ފަލަސްޠީނުގެ އެމްބަސީއާއި އެމްޕީބީއޭ ގުޅިގެން ފޮޓޯ މައުރަޒެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމިކް ރިލީފްއިން ބޭއްވި ފަލަސްތީން ފޮޓޯ މައުރަޒު. ފޮޓޯ: އިސްލާމިކް ރިލީފް

ފަލަސްޠީނުގެ އެމްބަސީއާއި އެމްޕީބީއޭ ގުޅިގެން ފޮޓޯ މައުރަޒެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް އެމްޕީބީއޭ އިން ހާމަކޮށްފިއެވެ.

މޯލްޑިވުސް ޕަލަސްޓައިން ބްރަދަރހްޑް އެސޯސިއޭޝަން (އެމްޕީބީއޭ)ގެ އޮފިޝަލަކު ދިއިސްލާމްއަށް މައުލޫމާތު ދެއްވި ގޮތުގައި "ފަލަސްޠީނުގެ ހާލަތާއި ގުޅޭގޮތުން ފޮޓޯ މައުރަޒެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އެމައުރަޒު ބާއްވަނީ ފަލަސްޠީނު އެމްބަސީއާއި ގުޅިގެން"ކަމަށާއި "ފޮޓޯ މައުރަޒު އޮންނާނީ  މޯލްޑިވުސް ޕަލަސްޓައިން ބްރަދަރހްޑް އެސޯސިއޭޝަން (އެމްޕީބީއޭ)ގެ އިފްތިތާހީ ޖަލްސާއަށް ފަހުގައި"ކަމަށެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ އިފްތިތާހީ ޖަލްސާ އޮންނާނީ ކުއްލިއްޔަތުލް ދިރާސާތިލް އިސްލާމިއްޔާގެ ހޯލްގައި އެރޭ 8:45 ގައެވެ. މިޖަލްސާއަށް ފަލަސްޠީނުގެ އެމްބަސެޑަރަށްވެސް ދަޢުވަތު އަރުވާފައިވާ ކަމަށް މޯލްޑިވުސް ޕަލަސްޓައިން ބްރަދަރހްޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ހާމަކުރެއެވެ.

މިފޮޓޯ މައުރަޒަކީ މޯލްޑިވުސް ޕަލަސްޓައިން ބްރަދަރހްޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ބާއްވާ ފުރަތަމަ ހަރަކާތެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.