ރާއްޖޭގެ ޚަބަރު މީޑިއާގެ މިނިވަންކަމަށް ހުރަސް އެޅޭނެ ޒާތުގެ އެއްވެސްކަމެއް ނުކުރުމަށް މީޑިއާ ކައުންސިލުން ގޮވާލައިފި

މީޑިއާގެ މިނިވަންކަމަށް ހުރަސް އެޅޭނެ ޒާތުގެ އެއްވެސްކަމެއް ނުކުރުމަށް މީޑިއާ ކައުންސިލުން ގޮވާލައިފި

މީޑިއާގެ މިނިވަންކަމަށް ހުރަސް އެޅޭނެ ޒާތުގެ އެއްވެސްކަމެއް ނުކުރުމަށް މީޑިއާ ކައުންސިލުން ގޮވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މީޑިއާގެ މިނިވަންކަމަށް ހުރަސް އެޅޭނެ ޒާތުގެ ހަމަ އެއްވެސް ކަމެއް ދަޢުލަތުގެ އެއްވެސް ފަރާތަކުންނާއި ސިޔާސީ ޕާޓީއަކުންވިޔަސް ނުކުރެއްވުމަށް މޯލްޑިވުސް މީޑިއާ ކައުންސިލުން ގޮވާލައިފިއެވެ.

މާލޭގައި މިހާރު ކުރަމުން އަންނަ މުޒާހިރާތައް ކަވަރުކުރުމަށް އަންނަ ނޫސްވެރިންނަށް އެކިވަރުގެ އަނިޔާތައް ލިބެމުން އަންނާތީ އެކަމާއި ގުޅިގެން ޢާއްމުކޮށްފައިވާ އެކައުންސިލުގެ ނޫސްބަޔާނުގައި ބުނެފައިވަނީ މިހަފުތާ ތެރޭގައި ރާއްޖޭގެ ނޫސްވެރިންނަށް ކުރިމަތިވެފައިވާ މައްސަލަތައް، ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި އަދި މިއިން ކޮންމެ ކަމެއް ވަކިވަކީން ތަޙްޤީޤުކޮށް ޤާނޫނާއި ޚިލާފްވެފައިވާނަމަ އެފަރާތަކާއި މެދު ފިޔަވަޅު އެޅުމަށް ކާމާބެހޭ އެންމެހާ މުއައްސަސާތަކަށް ގޮވާލާކަމަށެވެ.

"ޤާނޫނު ނަންބަރު 2008/15 އިން މޯލްޑިވުސް މޯލްޑިވުސް މީޑިއާ ކައުންސިލަށް މަތިކޮށްފައިވާ މައިގަނޑު މަސްޢޫލިއްޔަތަކީ ރާއްޖޭގެ ނޫސްވެރިންނަށް މިނިވަން މީޑިއާގެ ވެއްޓެއް ޤާއިމުކޮށް ދެމެހެއްޓުން ކަމަށްވީހިނދު، މިކައުންސިލުގެ ޤާނޫނީ މަސްޢޫލިއްޔަތު މިނިވަންކަމާއެކު އަދާކުރަމުން ދާނޭކަން ކަށަވަރުކޮށްދެމުން، މީޑިއާ ކައުންސިލް ޤާނޫނުގެ 10 ވަނަ މާއްދާގައި މިކައުންސިލަށް މަތިކޮށްފައިވާ މަސްޢޫލިއްޔަތުތައް ސާބިތުކާމައެކު އަދާކުރަމުން ދާނެކަމަށް" މޯލްޑިވުސް މީޑިއާ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

 މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން 31 ޖެނުއަރީ 2011 ގައި ޢާއްމުކޮށްފައިވާ ދިވެހި މީޑިއާގެ މަސައްކަތް ކުރައްވާ އެންމެހާ ފަރާތްތަކުން ޢަމަލުކުރުމަށް އެކުލަވާލެވިފައިވާ ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު ތކަށް ޢަމަލުކުރެއްވުމަށް ދިވެހި މީޑިއާގެ އެންމެހާ ފަރާތްތަކަށްވެސް ގޮވާލާފައިވެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.