ރާއްޖޭގެ ޚަބަރު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަރުދީގޮތުން އެހީތެރިކަން ފޯރުކޮށްދޭ ދާއިރާއިން ޝަހީޒް އަބްދުﷲ އަށް އެވޯޑެއް ލިބިއްޖެ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަރުދީގޮތުން އެހީތެރިކަން ފޯރުކޮށްދޭ ދާއިރާއިން ޝަހީޒް އަބްދުﷲ އަށް އެވޯޑެއް ލިބިއްޖެ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަރުދީގޮތުން އެހީތެރިކަން ފޯރުކޮށްދޭ ދާއިރާއިން ޝަހީޒް އަބްދުﷲ އަށް އެވޯޑެއް ލިބިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޝަހީޒް އަބްދުﷲ --- ފޮޓޯ: ރައީސް އޮފީސް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަރުދީގޮތުން އެހީތެރިކަން ފޯރުކޮށްދޭ ދާއިރާއިން ޝަހީޒް އަބްދުﷲ އަށް އެވޯޑެއް ލިބިއްޖެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އެވޯޑްދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ގ. ބެލުގޭ، ޝަހީޒް އަބްދުﷲ އަށް އެވޯޑު ހަވާލު ކުރެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެވެ.

ޝަހީޒް އަބްދުﷲ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަމުން އަންނަ ފަރާތެކެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ދަރުސްތަކުގައި އަޑު އިވުމުން މަހުރޫވެފައިވާ މީހުންނަށް އިޝާރާތުން ދަރުސްގެ ވާހަކަ އަންގައި ދިނުމަށް އަމަލީ ގޮތުން މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

ރޭގެ ޖަލްސާގައި އިތުރު ބޭފުޅުންތަކަކަށް ވެސް ވަނީ ތަފާތު އެވޯޑްތައް ހަވާލުކޮށްފައެވެ. އެގޮތުން ފެނުމުގެ ހިއްސުން މަހުރޫމްވެފައި ވިޔަސް މިސްކިތެއްގެ އިމާމުކަން ކުރައްވާ އަދި ކުދިންނަށް ގުރުއާން ކިޔަވައިދޭ މީހެއްކަމަށްވާ ލ. ފޮނަދޫ އަބްދުލް ކަރީމް އަބްދުﷲ އަށްވެސް ވަނީ އެވޯޑް ލިބިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.