"ބަސް އަހާ ކުދިބަޔަކަށް ވަމާ" ގެ ނަމުގައި އައްޝައިޚް ޢަބްދުލް ޢަޒީޒް (އަޒީބެ)ގެ ވަރަށް ޚާއްޞަ ދަރުސެއް ބާއްވަން ހަމަޖެހިއްޖެއެވެ.
ދިއިސްލާމަށް ޚަބަރުލިބިފައިވާ ގޮތުގައި މި ދަރުހަކީ ކުޑަކުދިންނަށް ޚާއްޞަކޮށް ބާއްވާ ދަރުހެކެވެ. ޝައިޚް ޢަބްދުލް އަޒީޒް (އަޒީބެ)ގެ މި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ 13 ޖުލައި 2012 ވާ ހުކުރު ދުވަހުގެ ހަވީރު 4:15 ގައި އިސްލާމީ މަރުކަޒު ހޯލުގައި ކަމަށް ދަރުސް އިންތިޒާމް ކުރައްވާ ފަރާތުން މައުލޫމާތު ދެއްވިއެވެ.
މިދަރުހުގައި ވީހާވެސް ގިނަކުދިން ބައިވެރިކޮށްދެއްވުމަށް ދަރުސް އިންތިޒާމް ކުރައްވާ ފަރާތުން އެންމެހައި ބެލެނިވެރިންގެ އަރިހުން އެދިލައްވައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...