ށ. ފޯކައިދޫގައި ޝޯޝަލް ސްޓަޑީޒް ކިޔަވައިދޭން އައިސްހުރި "ގީތަންމާ ޖޯޖް" ކިޔާ ބިދޭސީ ޓީޗަރަކު އެ ސުކޫލުގެ ގްރޭޑް 6 އަށް ކިޔަވައިދެމުން ކްރިސްޓިއަންދީނަށް އެކުދިންނަށް ދަޢުވަތު ދިން މައްސަލާގައި އެސްކޫލުގެ ގިނަޢަދަދެއްގެ ބެލެނިވެރިން ސުކޫލުދޮށަށް އެއްވެ މުޒާހަރާ ކުރަމުން އެރަށަށް ފުލުހުން ރޭގައިގޮސް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށްގެނެއްސިއެވެ.
މީނާ ބޭރުކޮށްފައިވަނީ ރޭގެ ގާތްގަނޑަކަށް 12 ޖަހަން އުޅެނިކޮށެވެ. ގީތަންމާ ޖޯޖު ވަނީ ދީންތަކާ ބެހޭބައި ކިޔަވައިދެމުން ކުދިންގެ ގާތުގައި އެންމެ ރަނގަޅު ދީނަކީ ކްރިސްޓިއަން ދީންކަމަށް ބުނެފައެވެ. އަދި އެންމެ ގިނަމީހުން އުޅެމުން ދަނީ ކްރިސްޓިއަން ދީނަށް ކަމަށާ ދިވެހި ރާއްޖެ ކުޑަވެފައި މީސްކޮޅު މަދުކަމުން ދީނާއި ބެހޭގޮތުން ރަނގަޅު މަޢުލޫމާތު ލިބިފައި ނެތީ ކަމަށެވެ! އަދި މޫސާގެފާނަކީ އިސްލާމެއް ނޫން ކަމަށް މިމީހާ ދަރިވަރުންގެ ގާތުގައި ބުނެފައިވެއެވެ. ކޮންމެ ދީނަކަށް އުޅުނަސް ސުވަރުގެ ވަންނާނެ ކަމަށް އޭނާ ބުނެފައިވެއެވެ. މިކުދިން ބެލެނިވެރިންގެ ގާތުގައި މިވާހަކަތައް ދެއްކުމުން ބެލެނިވެރިން ސުކޫލު ދޮށަށް އެއްވެ އެޓީޗަރު ރަށުން ފޮނުވާލުމަށްއެދި އަޑު އުފުލުމުން ސަރުކާރުންވަނީ އޭނާ ރަށުން ބޭރުކޮށްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...