ރާއްޖޭގެ ޚަބަރު “މަރުގެ އުގޫބަތަކީ މިހާރުވެސް ޝަރުއީ ނިޒާމުގައި އޮތް ކަމެއް" - އުއްތަމަ ފަނޑިޔާރު ފާއިޒް

“މަރުގެ އުގޫބަތަކީ މިހާރުވެސް ޝަރުއީ ނިޒާމުގައި އޮތް ކަމެއް" - އުއްތަމަ ފަނޑިޔާރު ފާއިޒް

“މަރުގެ އުގޫބަތަކީ މިހާރުވެސް ޝަރުއީ ނިޒާމުގައި އޮތް ކަމެއް" - އުއްތަމަ ފަނޑިޔާރު ފާއިޒް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އުއްތަމަ ފަނޑިޔާރު ފާއިޒް -- ފޮޓޯ: ހަވީރު

“މަރުގެ އުގޫބަތަކީ މިހާރުވެސް ޝަރުއީ ނިޒާމުގައި އޮތް ކަމެއް." ކަމަށް އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސެއިން ވިދާޅުވެއްޖެ އެވެ.

އަނިޔާވެރިގޮތެއްގައި ދާދިފަހުން މަރާލި ގާނޫނީ ވަކީލު އަހްމަދު ނަޖީބުގެ ހަނދާނުގައި، ޝަރުއީ ދާއިރާގެ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުން ހައި ކޯޓު ކުރިމަތީގައި ގެނައި ސުކޫތަށް ފަހު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މިއަދު މެންދުރުފަހު އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސެއިން ވިދާޅުވީ "އިސްލާމީ ހުދޫދުގެ ތެރެއިން ރާއްޖޭގައި މިހާރު ވެސް ދަނީ މައްސަލަތަކުގައި ހުކުމް ކުރެވެމުން." ކަމަށާއި "އެހެންވީމާ މަރުގެ އުގޫބަތަކީ ވޭތުވެ ދިޔަ 10 އަހަރުގެ ތަފާސް ހިސާބުތަކަށް ބާލާ އިރު ވެސް މިހާރު ޝަރުއީ ނިޒާމުގައި އޮތް ކަމެއް،" ކަމަށެވެ. އަދި "ރާއްޖޭގެ ގާނޫނީ ނިޒާމް ބައްޓަން ވެފައި އޮތް ގޮތަށް ބަލާއިރު މި އޮންނަނީ ކޯޓުތަކުން އުގޫބާތް ކަނޑައެޅުނީމައި ތަންފީޒު ކުރުން އެހެން ފަރާތަކާ ހަވާލު ކުރެވިފައި." ކަމަށާއި "މަރުގެ މައްސަލަތައް އެކަންޏެއް ނޫން، އެހެން ކުށްތަކާ ގުޅޭ ގޮތުން ވެސް ކޯޓުތަކުން ކުރެވޭ ހުރިހާ އުގޫބާތެއް ތަންފީޒު ކުރެވޭ ނަމަ، އެ ހުކުމްތަކުގެ ނަތީޖާ ފެނިގެންދާނެ. ތަންފީޒީ މަރުހަލާ ފުރިހަމަ ނުވާ ނަމަ އޭގެ ނަތީޖާއެއް ނުފެންނާނެ،" ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ، "މަރަށް މަރުހިފުގެ ހުކުމް މީގެ 10 ވަރަކަށް އަހަރު ކުރީން ވެސް ކޮށްފައިވާ ކަމަށާއި އަދި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ވެސް 10 މީހުންނަށް ވުރެ ގިނަ މީހުންނަށް މަރުގެ އަދަބު ދިނުމަށް ހުކުމްކޮށްފައިވާ"ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.