މިއަހަރު ރަމްޟާންމަހު އިމާމުވެ ތަރާވިސް ކުރުމަށް ރޭއްޖެ ގެނައުމަށް ހަމަޖެހިފަވަނީ 27 ހާފިޒުންކަމަށް ޢަދާލަތު ޕާޓީއިން ބުނެފިއެވެ.
ޢަދާލަތު ޕާޓީގެ އޮފިޝަލެއް ވިދާޅުވީ ވިދާޅުވީ މިމަހު 18 ގައި ހާފިޒުން މާލެ އަންންނަ ފަށާނެކަމަށެވެ.
އޮފިޝަލް ވިދާޅުވީ މިހާރު ކުރިއަށްދަނީ ހާފިޒުން ގެނައުމަށްޓަކައި ނިންމަންޖެހޭ މަސައްކަތްތައް ނިންމަމުން ކަމަށެވެ. އެގޮތުން އެހާފިޒުންގެ ތަޢުލީމީ ސެޓފިކެޓްގެ ކޮޕީތައް އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށާއި، މިހާރު ސެޓްފިކެޓް ނުލިބިވާ ހާފިޒުންގެ ސެޓްފިކެޓްތައްވެސް ވަރަށް އަވަހަށް އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އަދި އެހާފިޒުންގެ ވިސާގެ ކަންތައްތައް ހަމަޖެއްސުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.
އޮފިޝަލް ބުނީ މިގެންނަ ހާފިޒުން ފޮނުވުމަށް ހަމަޖެހިފައިވަނީ އެކަމަށް އެދުނު 27 ވިސް ރަށަކަމަށެވެ.
2009 ވަނަ އަހަރުން ފެށިގެން ޢަދާލަތު ޕާޓީން ދަނީ ކޮންމެ އަހަރެއްގެ ރަމްޟާންމަހާއި ދިމާކޮށް ހާފިޒުން ގެންނަމުންނެވެ. އެގޮތުން އެހަރު އެޕާޓީން ގެނެސްފައިވަނީ 10 ހާފިޒުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...