ރާއްޖޭގެ ޚަބަރު "ފުރާވަރު" މަދަހަ އަލްބަމް ނެރެފި

"ފުރާވަރު" މަދަހަ އަލްބަމް ނެރެފި

"ފުރާވަރު" މަދަހަ އަލްބަމް ނެރެފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުންތާޒު މޫސާ "ފުރާވަރު" މަދަހަ އަލްބަމް ނެރެދެނީ - ދިއިސްލާމް ފޮޓޯ:އިސްމާޢިލް އަފްރާހު

އިތުރު ފޮޓޯބެއްލެވުމަށް..

"ފުރާވަރު" އޯޑިއޯ މަދަހަ އަލްބަމް ނެރެފި އެވެ.

ޝީ ބިލްޑިންގ ގައި ރޭ ބޭއްވި ހަފްލާއެއްގައި "ފުރާވަރު" މަދަހަ އަލްބަމް ނެރެދިނީ މިއުޒިކާއި ލަވަކިއުމުގެ ދާއިރާގައި މަސައްކަތްކުރުން ހުއްޓާލާފައިވާ، ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ މުމްތާޒް މޫސާ އެވެ.

އަލްބަމް ނެރެދެއްވުމަށްފަހު ވާހަކަ ދައްކަމުން މުމްތާޒް ބުނީ "އަޅުގަނޑު ލަވަ ކިޔުމުގެ ދާއިރާގައި އޭރު މަސައްކަތް ކުރިން. އެހެންނަމަވެސް މިހާރު އަޅުގަނޑު އެމަސައްކަތް ކުރާހިތެއްވެސް ނެތް. ކުރާކަށް ބޭނުމެއްވެސް ނޫން. އިރާދަކުރެއްވިއްޔާ މިގޮތުގައި އަޅުގަނޑު ދެމިހުރުމަށްޓަކައި މަސައްކަތް ކުރާނަން. ﷲ އަޅުގަނޑަށް ވާގި ދެއްވުން އެދި ދުއާކުރަން." ކަމަށާއި "ތިޔަ ހުރިހާ އަޚުންނަށް އަޅުގަނޑު މަޢާފަށް އެދެން. އެއީ އަޅުގަނޑަށް މިހާތަނަށް އެކުރެވުނު ކުށަށް. ތިޔަ އެންމެހާ... އަޅުގަނޑުގެ އަޚުންނަށް އަދިވެސް އެއްފަހަރު ހިތުގެ އަޑިން މަޢާފަށް އެދެން. ﷲ އަށްޓަކައި އަޅުގަނޑު ބިރުގަންނަން މިއަދު... އަޅުގަނޑު ވަރަށް ބިރުގަންނަން." ކަމަށެވެ.
މިހާ ހިސާބަށް މުމްތާޒްގެ ވާހަކަ ކުރިޔަށް ދިޔަތަނާ މުމްތާޒުއަށް ރޮވުމުގެ ސަބަބުން ވާހަކަ ކުރިއަށް ނުގެންދެވުމުން ސްޓޭޖުން ވަނީ ފައިބާފަ އެވެ.

"ފުރާވަރު" އަލްބަމް ނެރުމުގެ ރަސްމިއްޔާތު ކުރިއަށްގޮސްފައިވަނީ ދަރުސްއަކާވެސް އެކުގަ އެވެ. "ފުރާވަރު" މިމައުޟޫއަށް ޝައިޚް ޖައުފަރު ފާއިޒް ވަނީ ވަރަށް ފުރިހަމަ ދަރުސެއް ދެއްވާފަ އެވެ. ޝައިޚް ވިދާޅުވީ ފުރާވަރުގެ އުމުރަކީ ވަރަށް މުހިންމު އުމުރު ފުރައެއް ކަމަށާއި އެއުމުރު ފުރާގެ ފައިދާ އޭގެ އެންމެ ހެޔޮގޮތުގައި ހިފުމަށް އިލްތިމާސް ކުރާ ކަމަށެވެ.

“ފުރާވަރު” އަލްބަމްގެ ހުރިހާ މަދަހަތަކެއްގެ ޅެން އަދި ރާގު ހަދާފައިވަނީ އަޙްމަދު ރިފާޢުއެވެ. މަދަހަތައް ކިޔާފައިވަނީ ޢަލީ ރަމީޒް، މޫސާ ޝިފާޢު އަދި ޢަބްދުލް ޢަލީމްއެވެ. އަދި މިއަލްބަމްގައި ހިމެނޭނީ މުޅިންވެސް އަމިއްލަ ރާގެވެ. އަލްބަމް ހޯލްސޭލްކޮށް ލިބިބަޑައިގަންނަވާނީ 'އިލައިކް'އިންނެވެ. އަދި މާލޭގެ ސީޑީ ވިއްކާ ފިހާރަތަކުން ސީޑީ ލިބިވަޑައިގަންނަވާނެކަމަށް "ފުރާވަރު" އަލްބަމް ޓީމުން ހާމަކުރެ އެވެ. އަލްބަމެއްގެ އަގަކީ 100 ރުފިޔާ އެވެ. އަލްބަމްގައި ހިމެނެނީ ޖުމްލަ 7 މަދަހަ އެވެ.

މިއަލްބަމްގެ ޕްރޮޑިއުސަރ އަކީ ޢަހްމަދު ރިފާޢު އެވެ. އަލްބަމް ޕްރޮޑިއުސް ކޮށްފައި ވަނީ އިސްލާމިކް ރިދަމްގެ ފަރާތުންނެވެ. އިލައިކް އިން ސްޕޮންސާރކޮށްފައިވާއިރު ފުރާވަރު އަލްބަމްގެ އޮފިޝިއަލް މީޑިއާއަކީ ދިއިސްލާމް އެވެ. އަދި އޮފިޝިއަލް ބްރޯޑްކާސްޓަރ އަކީ ރޭޑިއޯ އެޓޯލް އެވެ.

އަޙްމަދު ރިފާޢު މީގެ ކުރިން އުފެއްދި “ޔާރައްބަނާ” އޯޑިއޯ މަދަހަ އަލްބަމް އަދި “ހުވަނދު” ވީޑިއޯ މަދަހަ އަލްބަމަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފަ އެވެ.

ޓެގް

ފުރާވަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.