ޖުވާ ކުޅެން ތިބި ބަޔަކު ގިނަ އަދަދެއްގެ ފައިސާތަކާއިއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓްގައި ހާމަކޮށްފައިވާގޮތުގައި "ޖުވާ ކުޅެން ތިބި ބަޔަކު ގިނައަދަދެއްގެ ފައިސާތަކަކާއި މަސްތުވާތަކެތިކަމަށް ބެލެވޭ ޕެކެޓްތަކާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި"ކަމަށެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރޭ 2:15 ގައި އަތުލައިގަތީ މ. އަމީރާ މަންޒިލްގައި ޖުވާކުޅެން ތިބި ބައެއް ކަމަށާއި އެމީހުންނަކީ މިދުވަސްވަރު މާލެތެރޭގައި ކުރަމުންދާ ވައްކަންތަކުގައާއި ފޭރުންތަކުގައި ޝާމިލްވާ ބައެއްކަމަށް ބެލެވޭ ބައެއް ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
ކޯޓް އަމުރެއްގެ ދަށުން ފުލުހުން އެގެ ބަލައިފާސްކޮށްފައިވާއިރު ޖުވާކުޅެންތިއްބާ 12 މީހަކުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި މި މީހުންނަކީ އުމުރުން 19 އަހަރާއި 30 އަހަރާއި ދެމެދުގެ އުމުރު ފުރައިގެ ފިރިހެނުންކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
ޖުވާ ކުޅޭކަމުގެ މަޢުލޫމާތު ލިބިގެން ފުލުހުންގޮސް ހައްޔަރު ކުރި ގޭ ތެރެއިން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 4 ޕެކެޓާއި ޖުވާކުޅުމުގައި އެމީހުން ބޭނުންކުރި ޗިޕް ސެޓާއި 24193 (ސައްވީސްހާސް އެއްސަތޭކަ ނުވަދިހަ ތިނެއް) ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...