
ވިލިނގިލީފެރީ ޓާރމިނަލް ކައިރީ ހަރުކޮއްފައިވާ "ފުރާވަރު" އަލްބަމްގެ ޕޯސްޓަރ | ދިއިސްލާމް ފޮޓޯ: އަބްދުﷲ ޝަފީއު
"ފުރާވަރު" އަލްބަމް އޮފިޝިއަލް މީޑިއާ ޕާރޓްނާރއަކަށް ދިއިސްލާމް، ރޭޑިއޯ ޕާރޓްނާރ އަކަށް ރޭޑިއޯ އެޓޯލް ހަމަޖައްސައިފިއެވެ.
'ފުރާވަރު'އަލްބަމްގެ ޕްރޮޑިއުސާރ އަޙްމަދު ރިފާޢު ވިދާޅުވީ "ފުރާވަރު އަލްބަމް އޮފިޝިއަލް މީޑިއާ ޕާރޓްނާރއަކަށް ދިއިސްލާމް، ރޭޑިއޯ ޕާރޓްނާރ އަކަށް ރޭޑިއޯ އެޓޯލް ހަމަޖައްސާފައިވާނެ"ކަމަށާއި "މިއަލްބަމްގެ ސްޕޮންސަރ ކުރަނީ އިލައިކް އިން"ކަމަށެވެ. މިމަހު 29 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ "ފުރާވަރު" އަލްބަމް ޓީވީއެމް މެދުވެރިކޮންނާއި ރޭޑިއޯއިން އަދި އޮންލައިން ނޫސްތައް މެދުވެރިކޮށްވެސް އިޝްތިހާރު ކުރުމަށް ނިންމާފައިވާކަމަށް އަޙްމަދު ރިފާޢު ވިދާޅުވިއެވެ.
ފުރާވަރު” އަލްބަމްގެ ހުރިހާ މަދަހަތަކެއްގެ ޅެން އަދި ރާގު ހަދާފައިވަނީ އަޙްމަދު ރިފާޢުއެވެ. މަދަހަތައް ކިޔާފައިވަނީ ޢަލީ ރަމީޒް، މޫސާ ޝިފާޢު އަދި ޢަބްދުލް ޢަލީމްއެވެ.
އަލްބަމްގައި މުޅިން އާ 7 މަދަހަ ހިމެނޭނެގޮތައް 'ފުރާވަރު' އަލްބަމް ވުޖޫދަށް އައުމަށް ތައްޔާރުވެފައިވާއިރު މިއަލްބަމްގެ މަސައްކަތްކުރާ ޓީމުން ވަނީ އެކި ޙާލަތްތަކާ ގުޅިގެން މިހާތަނަށް 3 މަދަހައެއް ކުއްލިގޮތެއްގައި ރެކޯޑްކޮށް އިންޓަނެޓް މެދުވެރިކޮށް އާންމުކޮށްފައެވެ. އެއީ “އިސްނަގާ ހިނގާދާން” ، “ކަލަކުވޭ” އަދި ސީރިއާގެ ޙާލަތާ ގުޅިގެން ހަދާފައިވާ “ހޭއަރާ މުސްލިމުންނޭ” މިތިން މަދަހައެވެ.
އޭގެ އިތުރުން ރަމަޟާން މަހާ ގުޅޭ ޚާއްޞަ މަދަހައެއް ނެރުމަށްވެސް މަސައްކަތްކުރަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...