ރާއްޖޭގެ ޚަބަރު ޖަމިއްޔަތުލް އަޚަވާތުން އެޑިޔުކޭޝަން މިނިސްޓަރާ ބައްދަލު ކޮށްފި

ޖަމިއްޔަތުލް އަޚަވާތުން އެޑިޔުކޭޝަން މިނިސްޓަރާ ބައްދަލު ކޮށްފި

ޖަމިއްޔަތުލް އަޚަވާތުން އެޑިޔުކޭޝަން މިނިސްޓަރާ ބައްދަލު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަދްރަސްތުލް އަރަބިއްޔަތުލް އިސްލާމިއްޔާއަށް ކުރިމަތިވަމުންދާ ގިނަގުނަ މައްސަލަތަކާއި ގުޅިގެން ޖަމިއްޔަތުލް ޢަޚަވާތުން ކަންބޮޑުވުންފާޅުކޮށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. މުސްތަފާ ލުތުފީއާއި ބައްދަލު ކޮށްފިއެވެ.

ޖަމިއްޔަތުލް ޢަޚަވާތުގެ ފަރާތުން ހާމަކޮށްފައިވާގޮތުގައި ޑރ. މުސްތަފާ ލުތުފީ އާއިއެކު ބޭއްވުނު މިބައްދަލުވުމަކީ އަރަބިއްޔާއަށް ކުރިމަތިވެފައިވާ ގިނަގުނަ މައްސަލަތަކުގެ ވާހަކަ މިނިސްޓަރަށް ދެންނެވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ. އެގޮތުން އެންމެ ބޮޑު އެއްމައްސަލައެއްގެ ގޮތުން ވާހަކަދެކެވުނީ އަރަބިއްޔާގެ ގްރޭޑް އެކަކަށް ވެއްދުމަށް 74 ކުދިން ނަން ނޯޓްކޮށް، އަދި އިތުރު ބެލެނިވެރިން ނަންނޯޓްކުރުމަށް އެދެމުންދަނިކޮށް އަންނައަހަރު ޖާގައޮތީ އެންމެ 30 ދަރިވަރުންގެ އެންމެ ކްލާހަކަށްކަމަށް ސްކޫލުން ބުނެފައިވާ މައްސަލަކަމަށާއި މިކަމުގައި މިނިސްޓަރ ވިދާޅުވީ ހުރިހާސްކޫލްތަކަށްވެސް އަލަށްވަންނަން ބޭނުންވާކުދިންގެ ޖާގަހަމަޖައްސަނީ އެއަހަރުކު އެސްކޫލަކުން ތަޢުލީމް ހާސިލްކޮށްގެން ނުކުންނަ ކުދިންގެ އަދަދަށް ބަލާފައި ކަމުގައިވެސް ދަންނަވާފައިވާނެކަމަށެވެ.

ޖަމިއްޔަތުލް އަޚަވާތުން ހާމާކުރައްވާގޮތުގައި "ސްކޫލްގެ ޖާގައިގެ މައްސަލަ ހައްލުކުރުމަށް މިޖަމިއްޔާއިން ވާނީ މިނިސްޓަރަށް ގޮތްތަކެއް ހުށައަޅާފައިކަމަށާއި އެއީ މަންދުކޮލެޖު ގެ ކުރިމަތީ ހުރި އެޑިޔުކޭޝަން މިނިސްޓްރީ ގެ ގުދަން އަރަބިއްޔާގެ ގުރޭޑު އެކަކަށް ވަންނަންތިބި ކުދިންނަށް ކުލާސްރޫމްތަކެއް ނެގޭނެ ގޮތެއް ހަމަޖައްސަވާ ދެއްވުމަށެވެ." އެ ޚިޔާލަށް މިނިސްޓާރ ވިދާޅުވެފައިވާކަމަށް އެޖަމިއްޔާގެ ވެބްސައިޓުގައިވަނީ "އެކަމާމެދު ވަރަށްބޮޑަށް ވިސްނުމަށްފަހު އެއްހަފްތާ ތެރޭގައި ޖަވާބެއް ދެއްވާނެކަމުގައެވެ."

ޖަމިއްޔަތުލް އަޚްވާތުން މިކަމުގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ރާއްޖޭގައި ދީނީ ތަޢުލީމްދޭ އިދާރާތަކަށް ގިނަގުނަ ގޮންޖަހެންތަކެއް ކުރިމަތިވެ، މިކަމުގެ ޝަކުވާ އެކިގޮތްގޮތުން ރައްޔިތުން ކުރަމުންދާ ދުވަސްވަރެއްގައެވެ. ޖަމިއްޔަތުލް އަޚްވާތަކީ އިސްލާމީ ދައުވަތު ފެތުރުމާއި އިސްލާމް ދީނާއި ގުޅުން ހުރި ކަންކަމުގައި އަޑު އުފުލުމުގައި ފަހަކަށް އައިސް ފާހަގަ ކޮށްލެވޭ ޖަމިއްޔާއެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.