ޒަކާތު ފަންޑުން ދޫކުރާ ސްކޮލަރަޝިޕްގެ ތެރެއިން ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް ސްކޮލަރޝިޕަށް އެދުމުގެ ފޯމު ދޫކުރަން ފަށައިފިއެވެ.
ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ އޮފިޝަލެއް ވިދާޅުވީ ސްކޮލަރ ޝިޕަށް އެދުމަށް ފޯމު އެދުމުގެ ފުރުޞަތު މިމަހު 28 ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ރާއްޖެއިން ބޭރުގައި ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފޯމު ހުށަހެލުމުގެ ތާރީޚް މިމަހު 21 ހަމަ ވާނެކަމަށް ވާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ. ފޯމު ދޫކުރުން މިމަހު 28 ގައި ހަމަވާއިރު ފޯމް ބަލައިގަތުން ވަނީ ތަފާތު ލެވެލްތައް އެކި ދުވަސް ދުވަހުއެވެ. އެގޮތުން ފައުންޑޭޝަން ކޯސްތައް 2 ޖުލައި އަދި 3 ޖުލައިގައެވެ.
ޑިޕްލޮމާ ކޯސްތައް 4 ޖުލައި އަދި 5 ޖުލައިގައެވެ. ބެޗްލާސް ޑިގުރީގެ ކޯސްތަކަށް 8 ޖުލައި އަދި 9 ޖުލައިއެވެ. މާސްޓާރސް ޑިގުރީގެ ކޯސްތަކަށް 10 ޖުލައި އަދި 11 ޖުލައިގައެވެ. ކޮންމެ ދުވަހެއްގައިވެސް ފޯމު ބަލައިގަތުން އޮންނާނީ ހެދުނު 9:00 ން މެންދުރު 12:00 އަށެވެ. އަދި މެންދުރުފަހު 13:00 ން 14:30 ށެވެ.
މިޔުޒިކާއި ފޮޓޯ ގުރަފީ ފިޔަވައި އެހެނިހެން ދާއިރާތަކުން ކިޔަވާ ފަރާތްތަކަށް ޒަކާތު ފަންޑުން ސްކޮލަރޝިޕަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލާލެވިފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން ހާމަކުރައްވައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...