މޫނު ބުރުގާ މަނާކޮށް ބިލެއް ހަދައިގެން ނުވާނެކަމަށް އިސްލާމިކް އެފެއާޒު މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމު ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ތަޢުލީމު ދޭ އެއްވެސްތަނަކަށް މޫނު ބުރުރުގާ ތުރުކުރައްވާ އެއްވެސް މީހަކަށް ނުވަދެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީ ޤަވަޢިދެއް އެކުލަވައިލައިފައި ވަނިކޮށް އިސްލާމިކް އެފެއާޒު މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމު ޢަލީ ސަޢީދު ވިދާޅުވީ "ދުނިޔޭގެ މިނިވަން ޑިމޮކްރެޓިކް ޤައުމުތަކުގައިވެސް އެގޮތަށް ކަންތައް ކުރާ ތަނެއް ނުފެނޭ" ކަމަށެވެ. އެގޮތުން މިސާލެއްގެ ގޮތުން މިނިސްޓަރ ޝަހީމު ވިދާޅުވީ އޮގޮތުން އެންމެ ކައިރީގައި އޮތް އިންޑިއާއަށް އިޝާރާތް ކުރެއްވިއެވެ. ޝަހީމު އިތުރަށް ވިދާޅުވީ ދިނާ ޚިލާފް ނުވާ ފަރުދީ އެންމެހާ މިނިވަން ކަމަށް ޖާގަ ދޭން ޖެހޭނެކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...