ރާއްޖޭގެ ޚަބަރު ދިވެހި ކުދިންނަށްވުރެ ރީއްޗަށް ޤުރުއާން ކިޔަވާ ބަޔަކު ދުނިޔޭގެ އެއްވެސް ތަނަކުން ނުދެކެން : ޤާރީ ޔޫނުސް

ދިވެހި ކުދިންނަށްވުރެ ރީއްޗަށް ޤުރުއާން ކިޔަވާ ބަޔަކު ދުނިޔޭގެ އެއްވެސް ތަނަކުން ނުދެކެން : ޤާރީ ޔޫނުސް

ދިވެހި ކުދިންނަށްވުރެ ރީއްޗަށް ޤުރުއާން ކިޔަވާ ބަޔަކު ދުނިޔޭގެ އެއްވެސް ތަނަކުން ނުދެކެން : ޤާރީ ޔޫނުސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޤާރީ ޑރ. މުޙައްމަދު ޔޫނުސް. 27 ވަނަ ޤުރުއާން މުބާރާތް އިފްތިތާހް ކުރުމުގެ ޖަލްސާގެ ތެރެއިން. ދިއިސްލާމް ފޮޓޯ: ޢިބްރާހިމް އަޝްވާޤު

ދިވެހިރާއްޖޭގެ ކުދިންނަށްވުރެ ރީއްޗަށް ޤުރުއާން ކިޔާވާ ބަޔަކު ދުނިޔޭގެ އެއްވެސް ތަނަކުން ނުދެކޭ ކަމަށް ޤާރީ ޑރ. މުޙައްމަދު ޔޫނުސް ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ "ހޭޔަންބޯ" ޕްރޮގުރާމަށް ދެއްވި އިންޓަވިއުގައި މިމަހު 13 އިން 23 ހަށް ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތުގެ ފަނޑިޔާރު ކަން ކުރެއްވުމަށް ރާއްޖެ ވަޑައިގެންނެވި ޕާކިސްތާނުގެ މަޝްހޫރު ޤާރީ ވިދާޅުވީ ދިވެހި ކުދިން ކިޔާވާ އަޑުއަހާފައި އަޖައިބުވެއްޖެ ކަމަށާއި، އެކާމީޔާބަކީ މީގެ 34 އަހަރު ކުރިން އޭނާ އަޅައިދިން ބިންގަލުގެ ސަބަބުން ލިބުނު ކާމިޔާބެއް ކަމަށެވެ.

އަދި މުޅި ދުނިޔެ އޭނާއަށް ކުރާ އިޙްތިރާމަކީ ދިވެހިރާއްޖޭގައި އޭނާ ކުރެއްވި މަސައްކަތުގެ ސަބަބުން ލިބުނު އިހްތިރާމެއް ކަމަށާއި ދިވެހިރާއްޖެއަކީ އޭނާ ވަރަށް ލޯބިވާ ޤައުމެއް ކަމަށް ޤާރީ ޔޫނުސް ވިދާޅުވި އެވެ.

ޑރ. ޔޫނުސް ވިދާޅުވީ އޭނާ ރާއްޖެއައިސް ދުރަތަމަ ކިޔަވައިދެއްވަން ފެށީ ދުވާލުގެ 3 ގަޑިއެއްހާއިރު ކަމަށާއި، ފަހުން މިސްކިތްތަކުގައިވެސް ޤުރޫއާން ކިޔަވެއިދެމުން ގޮސް 24 ގަޑިއިރު ކަހަލަ ގޮތަކަށް ކިޔަވައި ދީފައިވާނެ ކަމަށެވެ.

ޤާރީ ޔޫނުސްއަކީ މީގެ 34 އަހަރު ކުރިން ރާއްޖޭގައި ތަޖުވީދު މަގުން ޤުރުއާން ކިޔަވައިދެއްވުމަށްޓަކައި ރާއްޖެވަޑައިގެންނެވި ބޭފުޅެކެވެ. އޭރު ޔޫނުސް ރާއްޖެ ވަޑައިގެންނެވިއިރު ޢުމުރުފުޅަކީ 33 އަހަރެވެ.

ޤާރީ ޔޫނުސްގެ އަރިހުން އުނގެނިވަދައިގެން މަޝްހޫރު ޤާރީން ތަކެއް ޤުރުއާން އުނގަންނައިދިނުމަށް ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ހަރަކާތްތެރިވަމުން ދެ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.