ރާއްޖޭގެ ޚަބަރު އަރަބި އިސްލާމީ ތަޢުލީމު މިޤައުމުން އުވާލުމުގެ ޢަމަލީ މަސައްކަތް ޑރ މުސްޠަފާ ލުޠުފީ ފަށްޓަވައިފި ކަމަށް މަދަނީ އިއްތިހާދުން ހާމަކުރައްވައިފި

އަރަބި އިސްލާމީ ތަޢުލީމު މިޤައުމުން އުވާލުމުގެ ޢަމަލީ މަސައްކަތް ޑރ މުސްޠަފާ ލުޠުފީ ފަށްޓަވައިފި ކަމަށް މަދަނީ އިއްތިހާދުން ހާމަކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

ޢަރަބި އިސްލާމީ ތަޢުލީމު މިޤައުމުން އުވާލުމުގެ މަސައްކަތް އެޑިޔުކޭޝަން މިނިސްޓަރ ޑރ. މުސްޠަފާ ލުޠުފީ ފައްޓަވައިފިކަމަށް 125 ވރެ ގިނަ ޖަމްޢިއްޔާ ޖަމާޢަތްތައް ތަމްސީލުކުރަމުންދާ މަދަނީ އިއްތިހާދުން ހާމަކުރައްވައިފިއެވެ.

މަދަނީ އިއްތިހާދުން މިގޮތައް ހާމކުރެއްވީ އެއިއްތިހާދުގެ ރަސްމީ ވެބުސައިޓްގައި ޝާޢީކޮށްފައިވާ ލިޔުމެއްގައެވެ. މިލިޔުމުގައި ހާމަކޮށްފައިވަނީ  2011 ވަނަ އަހަރު ޢަލްމަދަރަސަތުލް އަރަބިޔަތުއް އިސްލާމިއްޔާއަށް ވަންނަން ބޭނުންވާ 100 އަށް ވުރެ ގިނަ ކުދިންތިބިކަމަށާއި ނަމަވެސް 2011   ވަނަ އަހަރު އަރަބިއްޔާއިން އިސްލާމީ ތަޢުލީމު އުނގެނުމުގެ ފުރުސަތު ލިބެނީ އެންމެ 30 ކުދިންނަށްކަމަށާއި، ތަޢުލީމީ ވުޒާރާއިން މިފަދަ ހަނިގޮތަކަށް ޢަރަބިއްޔާގެ މުސްތަގުބަލު ބައްޓަން ކުރައްވާފައި އޮތުމުން ދޭހަވަނީ ޢަރަބި އިސްލާމީ ތަޢުލީމު އުވާލުމުގެ ޢަމަލީ މަސައްކަތް ކާމިޔާބުކަމާއެކު، ޢަރަބިއްޔާ ކިޔާ މަދަރުސާއެއް މިގައުމުގައި ހިންގުމަށް އިންކާރުކުރައްވާ ޑރ މުސްޠަފާ ފައްޓަވާފައިވާ ކަމުގައި ކަމަށް އެލިޔުމުގައި ހާމަކޮށްފައިވެއެވެ.

އެލިޔުމުގައި އިތުރަށް ހާމަކޮށްފައިވަނީ ޢަރަބިއްޔާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ތަޢުލީމީ ވުޒާރާ ހިންގެވުމަށް ރައީސް ނަޝީދު ހަވާލުކުރައްވާފައި ހުންނެވި، އިސްލާމް ދިވެހި އުވާލުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާ މުސްޠަފާއަށް ޢަރަބިއްޔާއިން އެތައް ސިޓީއެއް ފޮނުއްވާފައިވާއިރު ބެލެނިވެރިން އެތައް ފަހަރަކު ޝަކުވާ އުފުލާފައިވާކަމަށާއި ނަމަވެސް އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުން ކިޔަވަމުންދާ “ޝިޢުބު އިބުރާ”ގައި ޢަރަބިއްޔާ ދަރިވަރުންނަށް ބޮޑެތި ގޮންޖެހުންތަކެއްވަނީ ކުރިމަތިވެފައިކަމަށް މަދަނީއިއްތިހާދުގެ ރަސްމީވެބުސައިޓްގައި ޝާއީކޮށްފައިވާ ލިޔުމުގައިވެއެވެ.

އަދި ޢަރަބިއްޔާގެ ދަރިވަރުން ލައިބުރަރީން މަޙުރޫމު ވެފައިވާއިރު މިހާތަނަށްވެސް ސައިންސު ލެބޯޓްރީގެ ޚިދުމަތްވެސް ހަމަޖެހިފައިނުވާކަމަށް އެލިޔުމުގައި އިތުރަށް ހާމަކޮށްފައިވެއެވެ.

ލިޔުން ވިދާޅުވުމަށް

ޓެގް

ލާދީނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.