ރާއްޖޭގެ ޚަބަރު މާލޭގައި ޒިނޭގެ ވިޔަފާރި ކުރާ ތަންތަނުން އަތުލައިގަންނަ ތައިލޭންޑުގެ ކަސްބީން ރާއްޖޭގެ މަޞްލަޙަތަށްޓަކައި ތަޢްޒީރީ އަދަބެއް ކަނޑައެޅުމުގެ ބާރު ވެރިމީހާއަށް ލިބިގެންވޭ : ޢަދާލަތު ޕާޓީ

މާލޭގައި ޒިނޭގެ ވިޔަފާރި ކުރާ ތަންތަނުން އަތުލައިގަންނަ ތައިލޭންޑުގެ ކަސްބީން ރާއްޖޭގެ މަޞްލަޙަތަށްޓަކައި ތަޢްޒީރީ އަދަބެއް ކަނޑައެޅުމުގެ ބާރު ވެރިމީހާއަށް ލިބިގެންވޭ : ޢަދާލަތު ޕާޓީ

މާލޭގައި ޒިނޭގެ ވިޔަފާރި ކުރާ ތަންތަނުން އަތުލައިގަންނަ ތައިލޭންޑުގެ ކަސްބީން ރާއްޖޭގެ މަޞްލަޙަތަށްޓަކައި ތަޢްޒީރީ އަދަބެއް ކަނޑައެޅުމުގެ ބާރު ވެރިމީހާއަށް ލިބިގެންވޭ : ޢަދާލަތު ޕާޓީ

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

މ. ޝެރިފް ގޭގައި ހާބަލް ބިއުޓޫ ސެލްންގެ ނަމުގައި ހަށިވިއްކާ ތަނެއް ފުލުހުން ޗެކް ކުރަނީ . ފޮޓޯ: ހަވީރު

މާލޭގައި މަސާޖު ޕާލާތަކާއި ބިޔުޓީ ސެލޫންގެ ނަމުގައި ޒިނޭގެ ވިޔަފާރި ކުރާތަންތަނުން އަތުލައިގަންނަ ތައިލެންޑްގެ ކަސްބީން، ދިވެހިރާއްޖޭގެ މަސްލަހަތައް ބަލާފައި ތަޢްޛީރީ އަދަބެއް ކަނަޑައެޅުމުގެ ބާރު ވެރިމީހާއަށް އަށް ލިބިގެންވާ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޢަދާލަތު ޕާޓީއިން ބުނެފިއެވެ.

ޢަދާލަތު ޕާޓީގެ ރަސްމީ ވެބްސައިޓަށް،  'މަސާޖުޕާލާތަކުން އަތުލައިގަންނަ ތައިލޭންޑުގެ ކަސްބީން މެރޭނެތޯ؟' ކިޔުންތެރިއަކު ފޮނުއްވާފައިވާ މިސުވާލަށް ޖަވާބު ދެއްވަމުން އެޕާޓީގެ ޢިލުމުވެރިންގެ މަޖިލީހުގެ ނައިބުރައީސް އައްޝައިޚް މުޙައްމަދު އިޔާޒު ޢަބްދްލަޠީފު ވިދާޅުވެފައިވަނީ ޒިނޭގެ ޙައްދާއި އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އެހެނިހެން ޙައްދުތައް ޤާއިމު ކުރެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީހުންގެ މައްޗަށް ކަމަށާއި އެގޮތުން ބާލިޣްވެފައިވާ މީހަކު ކަމުގައިވުމާއި ބުއްދި ހަމަޖެހޭ މީހެއް ކަމުގައި ވުމާއި ގަޞްދު [އަމިއްލަ އިޚްތިޔާރު] ގައި އެކަމެއް ކުރުމާއި ޙަރާމްކަމެއްކަން އެނގިހުރެ އެކަމެއް ކުރުމާއި މުސްލިމެއް ނުވަތަ ޛިންމީ އެއް ކަމުގައިވުން ހިމެނޭކަމަށެވެ.

ވީމާ، ރާއްޖޭގައި މަސައްކަތް ކުރަން އުޅޭ ޣައިރު މުސްލިމުންގެ ތެރެއިން މީހަކު ޒިނޭގެ ނުބައި ޖަރީމާ އަށް އަރައިގެން ކަމުގައިވީނަމަވެސް އިސްލާމީ ޝަރީޢަތުގައި އޮންނަ ޙައްދު އެބައިމީހުންގެ މައްޗަށް ގާއިމުކުރަން ނުޖެހޭނެ ކަމަށާއި ނަމަވެސް، ގައުމުގެ މަޞްލަޙަތަށް ވިސްނާފައި ތަޢްޒީރީ އަދަބެއް ކަނޑައެޅުމުގެ ބާރު ޙާކިމާ އަށް ލިބިގެންވާކަމަށް ޢަދާލަތު ޕާޓީގެ ވެބުސައިޓްގައި ޝާޢިޢުކޮށްފައިވާ ލިޔުމުގައި ޝައިޚް އިޔާޒު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިޔާ ފޮނުއްވާފައިވާ ސުވާލުގެ އަނެއްބައިގައި މަސާޖު ޕާލާ އަދި ބޮކޮށާ ސެލޫންގެ ނަމުގައި ހަށި ވިއްކާތަންތަން ހުޅުވައިގެން އުޅޭ މީހުންގެ ޙުކުމަކީ ކޮބައިތޯއާއި އަދި އެމީހުންނަކީ ބިންމަތީގައި ފަސާދަ އުފައްދާ ބަޔަކަށް ނުވާނެތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ކީރިތި ޤުރުއާނުގެ ސޫރަތުލް މާއިދާގެ 2 ވަނަ އާޔަތުން ދަލީލު ދައްކަވަމުން އައްޝައިޚް މުޙައްމަދު އިޔާޒު ޢަބްދުލަޠީފު ވިދާޅުވެފައިވަނީ ނުބައި ކުރުމަށް މަގުފަހި ކޮށް ދިނުމަކީ އެކަމެއް ކުރުން ފަދަ ކަމެއްކަމަށާއި ޒިނޭ ހާނާ ފަދަ ތަންތަން ހުޅުވައިގެން އުޅޭ މީހުން އެ ޢަމަލަކީ ފާޙިޝް ޢަމަލު ހިންގުމަށް ކުރެވޭ ޢަމަލެއް ކަމާއި ފާޙިޝް ޢަމަލު ހިންގުމަކީ ބިންމަތީ ފަސާދަ ކުރުން ކަމަށް ޝައިޚް އިޔާޒު ވިދާޅުވެފައި ވެއެވެ.

 މިކަމަށް އިތުރަށް ދަލީލު ދައްކަވަމުން އިމާމު މުސްލިމު ގެ ރިވާޔަތަކުން ދަލީލު ދައްކަވަމުން ވިދާޅުވެފައިވަނީ "ޒިނޭ ޚާނާ ހިންގާ މީހުން ހަނދާން ކުރަންޖެހޭ  ކަމަކީ އެބައިމީހުން ބިންމަތީގައި އެދިރުވަނީ ނުބައި ކަމެކެވެ. އެބައިމީހުންގެ އެނުބައި ދަލުގައި ޖެހިގެން އެހެން ބަޔަކު އެކަން ކުރިނަމަވެސް އެބައިމީހުންގެ ނުބައި ޢަމަލުގެ ޒިންމާވެސް އުފުލަން ޖެހޭނީ އެކަން ދިރުވި މީހުން" ކަމަށެވެ.

މިލިޔުމުގައި ޝައިޚް އިޔާޒު އިތުރަށް ވިދާޅުވެފައިވަނީ ހަށި ވިއްކާ ޒިނޭ ޚާނާތައް ހިންގާ މިހުން އެކަމުން ދުރުކުރުމަކީ އެހެންމީހުން ކުރަންޖެހޭ ކަމެއްކަމަށާއި "އަނިޔާވެރި އެއްގެ ގޮތުގައި ނަޞްރުދޭނެ ގޮތަކީ އަނިޔާވެރި ކަމުން އޭނާ ދުރުހެލި ކުރުމެވެ. މަޡްލޫމެއްގެ ގޮތުން ނަޞްރު ދޭނެ ގޮތަކީ އޭނާގެ ކިބައިން އަނިޔާވެރިކަން ދުރު ކުރުމެވެ. އެހެންކަމުން، ތިބާގެ އަޚާ އޭނާގެ ނަފްސަށް ބޮޑު އަނިޔާ އެއް ދެމުންދާ ހިނދުގައި އެކަމުން އޭނާ ދުރުހެލި ކުރުވަން މަސައްކަތް ކުރަން ޖެހެއެވެ. އަދި އަނިޔާވެރިކަމަށް މަގުފަހިކޮށްދޭ އެންމެހާ ވަސީލާތްތައް ބަންދު ކުރަން ޖެހޭ" ކަމަށް އިމާމު ބުޚާރީގެ ރިވާޔަތަކުން ދަލީލު ދައްކަވަމުން ޝައިޚް އިޔާޒު ވިދާޅުވެފައިވެއެވެ.

ޢަދާލަތު ޕާޓީގެ ވެބުސައިޓްގައި ޝާއިޢުކޮށްފައިވާ ލިޔުން ވިދާޅުވުމަށް

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.