ރާއްޖޭގެ ޚަބަރު 'ޙައްޤަކާއި ނުލާ މީހުން މެރުމުގެ ނުބައިކަން' މިމަޢުލޫއަށް މިރޭ ޚާއްޞަ ދަރުސެއް

'ޙައްޤަކާއި ނުލާ މީހުން މެރުމުގެ ނުބައިކަން' މިމަޢުލޫއަށް މިރޭ ޚާއްޞަ ދަރުސެއް

'ޙައްޤަކާއި ނުލާ މީހުން މެރުމުގެ ނުބައިކަން' މިމަޢުލޫއަށް މިރޭ ޚާއްޞަ ދަރުސެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަމިއްލަ ފަރާތަކާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ގުޅިގެން ކޮންމެ މަހަކު އެއް ފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސިލްސިލާ ދަރުސް ޕްރޮގުރާމްގެ ދަށުން މިރޭ އިޝާ ނަމަދަށްފަހު 'ޙައްޤަކާއި ނުލާ މީހުން މެރުމުގެ ނުބައިކަން' މިމަޢުލޫއަށް އައްޝައިޚް އަޙްމަދު މޫސާގެ ދަރުސެއް ފުރުޤާން މިސްކިތުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މިދަރުސް އިންތިޒާމުކުރުމުގައި އިސްކޮށް އުޅުއްވާ އޮފިޝަލެއް ދިއިސްލާމަށް މަޢުލޫމާތު ދެމުން ބުނީ ކޮންމެ މަހަކު އެއްފަހަރު އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން މާލޭގެ ކޮންމެވެސް ތަނެއްގައި ދަރުސެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީއާއި ވާހަކަ ދެއްކެވިފައިވާ ކަމަށާއި އެގޮތުން މިމަހުގެ ދަރުސް މިރޭ ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ.  އޭނާ ބުނީ މިސިލްސިލާގެ ދަށުން ދަރުސް ބޭއްވުމުގެ ހުރިހާ ކަމެއް ކުރާނީ އެފަރާތުން ކަމަށާއި އެގޮތުން ދަރުސައް އިސްތިހާރު ކުރުމަށާއި އެހެން ފަރާތްތަކަށް އަންގަން ޖެހޭ ހުރިހާ ކަމެއް އަންގާނީ އެފަރާތުން ކަމަށެވެ. އޮފިޝަލް  އިތުރަށް ބުނީ މިދަރުސް ސިލްސިލާ ދަށުން މާލެއާއި ވިލމާލެއާއި ހުލުމާލޭގައި ދަރުސްތައް އިންތިޒާމު ކުރުމުގެ އިތުރުން، ރާއްޖެތެރޭގެ ބައެއް ރަށްރަށުގައިވެސް ދަރުސްތައް އިންތިޒާމު ކުރަމަށް ވިސްނަމުން ދާކަމަށެވެ.

ދަރުސް އިންތިޒާމް ކުރާ ފަރާތުން އިތުރަށް މަޢުލޫމާތު ދީފައިވާ ގޮތުގައި ސަލްފް އާއި މުސްލިމުންގެ ގުޅުމުން ބާއްވާ ފޯރަމްއަށް ވަގުތު ދިނުމުގެ ގޮތުން މިރޭގެ ދަރުސް 9 ޖެހުމުގެ ކުރިން ނިންމާލާނެކަމަށެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.