'ޢީސާ އަލައިހިސަލާމް' މިމަޢުޟޫއަށް ޝައިޚް މުޙައްމަދު މޫސާގެ ދަރުސަކަށް ތައްޔާރުވަމުން އަންނަ ކަމަށް މަހަލްދީބް ފައުންޑޭޝަނުން ބުނެފިއެވެ.
އެފައުންޑޭޝަންގެ އޮފިޝަލެއް ދިއިސްލާމަށް ވިދާޅުވީ މިމަހު ފަހުކޮޅުގައި ބޭއްވުމަށް ހަމޖެހިފައިވާ ދަރުސައް ތައްޔާރީތައް ވަމުން އަނަނަކަމަށާއި ދަރުސައް އަދި ވަކިތާރީޚެއް ކަނޑައެޅިފައި ނުވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ މިދަރުސް ދެއްވުމަށް ޝައިޚް މުޙައްމަދު މުސާ އާއި ވާހަކަ ދައްކާފައިވާ ކަމަށާއި ދަރުސް ދެއްވާ ތާރީޚަށް މާލެ ވަޑައިގަތުމަށް ތައްޔާރަށް ހުންނެވިކމަށް ނައިފަރު ގައި ދިރިއުޅުއްވާ ޝައިޚް މުޙައްމަދު މުސާ ވިދާޅުވިކމަށް މަހަލްދީބު ފައުންޑޭޝަންގެ އޮފިޝަލް ވިދާޅުވިއެވެ.
މިދަރުސް ބާއްވާނެ ވަކިތަނެއް އެޖަމްޢިއްޔާއިން ކަނޑައަޅާފައި ނުވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...