ރާއްޖޭގެ ޚަބަރު "މާލެ މާލެއަކަށް ހެދޭނީ މާލޭގައި ހުރި ހަށިވިއްކާ ހުރިހާ ތަނެއް ބަންދުކުރެވިގެން": އިސްލާމިކް މިނިސްޓަރ

"މާލެ މާލެއަކަށް ހެދޭނީ މާލޭގައި ހުރި ހަށިވިއްކާ ހުރިހާ ތަނެއް ބަންދުކުރެވިގެން": އިސްލާމިކް މިނިސްޓަރ

"މާލެ މާލެއަކަށް ހެދޭނީ މާލޭގައި ހުރި ހަށިވިއްކާ ހުރިހާ ތަނެއް ބަންދުކުރެވިގެން": އިސްލާމިކް މިނިސްޓަރ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

"މާލެ މާލެ އަކަށް ހެދޭނީ މާލޭގައި ހުރި ހަށިވިއްކާ ހުރިހާ ތަނެއް ބަންދު ކުރެވިގެން"ކަމަށް އިސްލާމިކް މިނިސްޓަރ ޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ދިޓީވީގައި އާންމުކޮށްފައިވާ ބަސްދީގަތުމެއްގައި މިނިސްޓަރ ޝަހީމް ވިދާޅުވީ "މާލެ މާލެ އަކަށް ހެދެން އަންނަނީ މާލޭގައި ހުރި ހަށިވިއްކާ ހުރިހާ ތަނެއް ބަންދު ކުރެވިގެން ކަމަށާއި، އާސަރުކާރުން އެ މަސައްކަތުގައި މިހާރުވެސް ބޮޑު ކުރިއެރުމެއް ހޯދާފައި ވާ"ކަމަށެވެ. އަދި އެބަސްދީގަތުމުގައި އިތުރަށް ވިދާޅުވެފައިވަނީ "އާސަރުކާރުން ވެރިކަމާ ޙަވާލުވީ ފަހުން އެކި އެކި ފަރުވާ ދޭ ތަންތަނުގެ ނަމުގައި ރަސްމީކޮށް ހުއްދަ ހޯދުމަށްފަހު އެތަނުގައި ހަށިވިއްކުމުގެ ވިޔަފާރި ހިންގަމުން ގެންދަނިކޮށް ހެއްކާއި ޤަރީނާ އާއި އެކު މިހާތަނަށް އެފަދަ އެތައް ތަނެއް ފުލުހުން ބަންދު ކޮށްފައިވާނެ"ކަމަށެވެ.

"މާލެ މާލެ އަކަށް ހެދެން އަންނަނީ މާލޭގައި ހުރި ހަށިވިއްކާ ހުރިހާ ތަނެއް ބަންދު ކުރެވިގެން"ކަމަށް ޝަހީމް ވިދާޅުވެފައިވާއިރު މީގެ ކުރިން މާލޭ މުނިސިޕަލްޓީގެ ރައީސް އަދި މިހާރު މާލޭ ކައުންސިލްގެ މެމްބަރު ސަރަނގު އާދަމް މަނިކު އެމްޑީޕީގެ ޖަލްސާއެއްގައި ބުނެފައިވަނީ "މާލެ މާލެއަކަށް ވީ ބައިބޯ ގިނަވީމަ. މާލޭގައި ހުރިހާކަމެއް ލިބެން ހުރީ އެހެންގޮސް ހަށިވިއްކާ ތަނަކަށްވެސް މިތާނގައި ތަންތަން އެބަހުރި. މިހުރިހާ ކަމެއް ހުރީމާ މާލެ މާލެއަކަށް ވަނީ"ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.