މިދިޔަ އޭޕްރީލް 20 ގައި ޢަދާލަތު ޕާޓީއިން އިންތިޒާމުކުރި އައްޝައިޚް އިލްޔާސް ޙުސައިންގެ ތަވްހީދުގެ ދަރުސްގެ ޑީވީޑީ ބާޒާރަށް ނިކުމެއްޖެއެވެ.
މިދަރުސް އިންތިޒާމުކުރުމުގައި އިސްކޮށް ޙަރަކާތްތެރިވި އޮފިޝަލެއް ވިދާޅުވީ މިދަރުސްގެ ޑީވީޑީ މިފަހަރު އަގަކީ 30 ރުފިޔާއަށް ކަމަށެވެ. އަދި މިވަގުތު ޑީވީޑީ ލިބެން ހުންނާނީ ހަމައެކަނި ނައިލޫފަރުމަގުގައި ހުންނަ މާސްޓަރ ބުކްޝޮޕުން އެކަނިކަމަށެވެ.
އޭނާ ވިދާޅުވީ މާލޭގެ ބާޒާރުގައި ހާޑް ކަވަރު ނެތުމުން، މިވަގުތު ސީޑީ ވިއްކަމުންދަނީ ސޮފްޓު ކަވަރުގައި 20 ރުފިޔާއަށް ކަމަށެވެ. ހާޑް ކަވަރު ލިބުނުހާއަވަހަކަށް އެހެން ފިހާރަތަކުގައިވެސް ވިއްކުމަށް ބަހައްޓާނެކަމަށެވެ.
ތަވްހީދު ދަރުސްއަކީ ޢިލުމުވެރިންތިއްބަވައިގެން މިމަޢުޟޫއަށް ސުވާލާއި ޖަވާބު ޝެޝަނަކާއެކު ކުރިއަށް ގެންދިޔަ ދަރުސެކެވެ. މިޕެނަލްގައި އައްޝައިޚް އިލްޔާސް ޙުސައިންގެ އިތުރުން އައްޝައިޚް މުޙައްމަދު ނަޝީދު އާދަމް، އައްޝައިޚް މުޙައްމަދު އިޔާޟު ޢަބްދުލަޠިފު، އައްޝައިޚް މުޙައްމަދު ލަޠީފު، އައްޝައިޚް މުޙައްމަދު ޠައްޔިބު އަދި އައްޝައިޚް ޙައޘަމް މޫހައްމަދު ހިމެނިވަޑައިގެންނެވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...